އެމްޖީ ފުޓްބޯޅަ ޓީމާއި ފްލަޔާސް ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: މާންގްރަފީ
ކުޅިވަރު
31 Jul 2025 | 20:40
ޝަނާންގެ ހެޓްރިކާއެކު ފްލަޔާސް ކަޓުވާލުމަށްފަހު އެމްޖީ ފުޓްބޯޅަ ޓީމު ފައިނަލުން ޖާގަ ހޯދައިފި

މިހާރު ކުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ސެމީފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު ފަސޭހަކަމާއެކު 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ފްލަޔާސް ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމުން މުބާރާތުގެ ފައިނަލުން ޖާގަހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލުން އެމްޖީ ފުޓްބޯޅަ ޓީމު ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ފްލަޔާސް ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އެމްޖީ ފުޓްބޯޅަ ޓީމުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެމްޖީ ފުޓްބޯޅަ ޓީމު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެމްޖީ ފުޓްބޯޅަ ޓީމުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

އެމްޖީ ފުޓްބޯޅަ ޓީމާއި ފްލަޔާސް ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: މާންގްރަފީ

އެގޮތުން މިމެޗުގައި އެމްޖީ ފުޓްބޯޅަ ޓީމުގެ ޝަނާން ރަޝާދު ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކްހެދިއިރު، އެޓީމުގެ ކެޕްޓަން ޝައްފާން ހަލީމް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ މުހައްމަދު އަޖުވަދު ސޮލާހް އަދި އިބްރާހިމް ހަލީމް މިއިން ކޮންމެ ކުޅުންތެރިޔަކު އެއްލަނޑު ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްޖީ ފުޓްބޯޅަ ޓީމުގެ ޝަނާން ރަޝާދު އެވެ.

24 ޖުލައި 2025 އިން 03 އޮގަސްޓް 2025 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް 40،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ކާށިދޫ ކައުންސިލްގެ ފަރާތުން ވަނީ ކަޑައަޅާފައެވެ. 

އެމްޖީ ފުޓްބޯޅަ ޓީމާއި ފްލަޔާސް ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: މާންގްރަފީ

މުބާރާތުގެ އޮފިޝަލް ޕާޓްނަރުންގެ ގޮތުގައި މީޑިއާ ޕާޓްނަރު ވޮއިސް ސްޕޯޓްސް، ޓްރަވަލް ޕާޓްނަރ މައިދޫ ސްޕީޑްސް އަދި ބޭވަރެޖް ޕާޓްނަރު ލަކީ ވޭ، ފޮޓޯގްރަފީ ޕާޓްނަރު މާން ގްރަފީ، ކިޓް ޕާޓްނަރު ބެންބޫ އަދި ޕްރިންޓިންގ ޕާޓްނަރަކަށް ރެޑް ކްރިއޭޓިވް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި އެމްޖީ ސްޕޯޓްސް އެކަޑަމީ ހިމަނާފައިވާއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ފަންގި އިންވެސްޓްމަންޓް، ޑައިމަންޑް ރޫޓް، ކެފޭ ދި ބޮޑުގެ، އީއެކްސްއީ ޝޮޕްގެ އިތުރުން ކުދިރަތްމާ ވަނީ ހަމަޖައްސާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
24 Aug 2026
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ
ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ