ފަރަށް އެރި ދޯނި... ފޮޓޯ: ފުލުހުން
03 Aug 2025 | 12:04
އަނެއްކާވެސް ދޯންޏެއް ފަރަށް އެރުމުގެ ހާދިސާއެއް

މާލެއިން ފުރައިގެން ތ.އަޮޅު ވޭމަންޑޫއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފިއެވެ. 

މިފަހަރު ފަރަށް އެރި ދޯންޏަކީ "އަލްމަޖްރާ" ދޯންޏެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ދޯނި ފަރަށްއެރިކަމުގެ މައުލޫމާތު ލިބުނީ ފަތިހު 5:34 ގައި ކަމަށެވެ. އަލްމަޖްރާ ދޯނި އަރާފައިވަނީ ދިއްގިރި ކައިރި ފަރަށެވެ.

ފުލުހުން ބުނީ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި 3 މީހުން ހާލުގައި ޖެހި ފަރުމަތީގައި ތިއްބައި ފެނިފައިވާކަމަށެވެ.

އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރު ފެލިދޫއަށް ގެންގޮސްފައިވާއިރު، ދޯނީގައި ތިބި 3 މީހުންގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ. ދޯނީގައި ތިބީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކާއި ދެ ދިވެހިންނެވެ. ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުރިކަމަށް އެމީހުން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށްފުލުހުން ވަނީ އެދިފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Apr 2026
"މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ މަގުތައް ފޮގް ކުރަން ފަށައިފި
މިކަން އެޗްޑީސީން އިއުލާންކޮށްފައިވަނީ އެ ކުންފުނިން އެކްސްގައި މިއަދު ހެނދުނު ކުރި ޕޯސްޓަކުންނެވެ.
15 Apr 2026
އެމެރިކާގެ ނިއުކްލިއާ ހަތިޔާރާއި ގުޅޭ ސިއްރު ދިރާސާތަކުގައި މަސައްކަތްކުރާ އިތުރު މީހަކު ގެއްލިއްޖެ
މިފަހަރު ގެއްލިފައިވަނީ ނިއު މެކްސިކޯގެ އަލްބަކާކީގައި ހުންނަ ކެންސަސް ސިޓީ ނޭޝަނަލް ސެކިއުރިޓީ ކެމްޕަސް ގައި ސަރުކާރުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 48 އަހަރުގެ ސްޓީވަަން ގާސިއާއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ އޮގަސްޓް 28، 2025 ގައި އޭނާގެ ގެއިން އަތުބަޑިއެއް ހިފައިގެން ނުކުމެގެން ދަނިކޮށެވެ. ގާސިއާއަކީ އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ނިއުކްލިއާ ހަތިޔާރުތަކުގެ ގިނަ އަދަދެއްގެ ސާމާނުތައް ބަލަހައްޓާ މަރުކަޒެއްގައި އިސް މަގާމެއް ފުރަަމުންދިޔަ މީހެކެވެ.
15 Apr 2026
ދުނިޔޭގެ ބާޒާރަށް މެދުކެނޑުމެއްނެތި ހަކަތަ ފޯރުކޮށްދެވޭނެ
އީރާނުން ސައުދީ އަރަބިއްޔާގެ ހަކަތައިގެ މަރުކަޒުތަކަށް ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން މެދުކެނޑުނު މަސައްކަތްތައް އަލުން ފަށައި، ދުނިޔޭގެ ބާޒާރަށް މެދުކެނޑުމެއްނެތި ހަކަތަ ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާއިން ދީފިއެވެ.
15 Apr 2026
އީރާނުގެ ކަނޑުގެ ވިޔަފާރިތައް އެއްކޮށް ހުއްޓުވާފައިވާ ކަމަށް އެމެރިކާއިން ބުނެފި
އީރާނުގެ ބަނދަރުތައް އެމެރިކާގެ އަސްކަރިއްޔާއިން ބަންދުކޮށް، އެ ގައުމުގެ ކަނޑުގެ މަގުން ކުރާ ހުރިހާ ވިޔަފާރި މުއާމަލާތްތަކެއް އެއްކޮށް ހުއްޓުވާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފިއެވެ.
14 Apr 2026
ބައި އިލެކްޝަންގައި ވާދަކުރާނެ ކަމަށް ސިނާން އިއުލާނު ކޮށްފި
ސިނާން މިރޭ ވިދާޅުވީ އޭނާ ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރާނެ ކަމަށެވެ. މެންބަރުންގެ ތާއީދަށް ވެސް އެދިފައިވެ އެވެ.
14 Apr 2026
އެމެރިކާއިން ހޮރްމޫޒް ބަންދުކޮށްފައި ވަނިކޮށް ރަޝިޔާގެ ޚާރިޖީ ވަޒީރު ޗައިނާއަށް
14 Apr 2026
ބަންޑާރަ ނާއިބަކީ އުޝާމް، ޑިފެންސާއި ފިޝަރީޒަށް ވަޒީރުން އައްޔަނުކުރާނެ
އެއީ ޑިފެންސް މިނިސްޓަރު ކަމަށާއި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރެވެ. އެ ދެ މަގާމަށް އައްޔަނު ކުރައްވާނީ ކޮން ބޭފުޅުންނެއް ކަމެއް ސާފެއް ނުވެ އެވެ.
14 Apr 2026
ވަޒީރުންގެ މަޖިލީސް 15އަށް ކުޑަކޮށް 12 ވަޒީރުން ހުވާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވައިފި އެވެ.