04 Jun 2019 | 23:30
މޯދީ ސަރުކާރުން ކަޝްމީރުގެ ދެ މުސްލިމުން ޝަހީދުކޮށްލައިފި

އިންޑިއާގެ އަސްކަރީ އިސްތިއުމާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި އިންޑިއާ ސިފައިން މުސްލިމު ދެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.

މޯދީގެ ސަރުކާރުން ކަޝްމީރުގެ ޝޮޕިއާން ޑިސްޓްރިކްޓްގައި ހިނގަމުންދާ އުދުވާނުގައު މިދިޔަ ހަފްތާގައިވެސް 12 މުސްލިމުން ވަނީ ޝާހީދުކޮށްލާފައެވެ. އަދި 90 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ.

އިއްޔެ ޝަހީދު ކޮށްލި ދެ ޒުވާނުންވެސް ޝަހީދު ކޯށްފައި ވަނީ އިންޑިއާ ސިފައިން ބަޑި ޖަހައިއެވެ. މިދިޔަ ހަފްތާގައި ހިންގަން ފެށި މި އުދުވާންތައް ފެށުނީ ރޯދަ މަހު އިންޑިއާ ސިފައިން ކުރިން އެންގުމަކައި ނުލައި މުސްލިމުންގެ ގެތަކަށްވަދެ އަންހެނުންނާއި ކުޑަ ކުދިންނަށް ޖެއްސުން ކުރާތީ އެކަމާއި ހިތްހަމަ ނުޖެހިގެން އެއްވުމެއް ބޭއްވުމުންނެވެ.

އެއް އެއްވުމުގައި ތިބި މީހުންނާއި ދިމާލަ އިންޑިއާ ސިފައިން ބަޑި ޖެހިއެވެ. ފުރަތަމަ ދުވަހު 5 މުސްލިމުން ޝަހީދު ވި އިރު އިތުރު އެތައް ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައިއެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރު އިންޑިއާ ސިފައިން ދިން ހަމަލާތަކުގައި ޒަހަމްވެ ކޯމާ އެއްގައި އޮތުމަށްފަހު ރަނގަޅުވެގެން އައި މަހްރަން އަހްމަދު ވެސް ހިމެނެއެވެ.

އާރް.އެސް.އެސް ގެ ހިންދޫ ހަރުކަށިފިކުރުގެ މޯދީ ވެރިކަމާއި ހަވާލު ވުމަށްފަހު އިންޑިއާގެ ހުރިހާ ތަނެއްގައިވެސް މުސްލިމުން ދެކޮޅަށް ހަމަލާތައްވަނީ އިތުރު ވެފައިއެވެ.

ކަޝްމީރުގައި އިންޑިއާ ސިފައިން މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި މާރާމޭރީތައް ދެނެގަތުމަށް އ.ދ މިދިޔަ މަހު އެކަމާއި ބެހޭ މައުލޫމާތައް އެދި އިންޑިއާ އަށް ވަނީ ހުށައަޅާފައިއެވެ. އެހެން ނަަވެސް އެ މައުލޫމާތު ދިނުމަށް އިންޑިއާއިން ވަނީ ދެކޮޅު ހަދައި ފައިއެވެ. އަދި އ.ދ މަންދޫބުން ކަޝްމީރަށް ދިއުމުގެ ހުއްދަ ދިނުމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ދެކޮޅު ހަދާފައިއެވެ.

އިންޑިއާގެ ހަބަރުތައް ބުނާ ގޮތުން 2018 ވަނަ އަހަރު ކަޝްމީރުގައި އެކަނިވެސް އިންޑއާއިން ވަނީ 355 މުސްލިމުން ޝަހީދު ކޮށްފައި އެވެ. މިއީ 2018 ވަނަ އަހަރު ފަލަސްތީނުގައި އިސްރާއީލުން ޝަހީދު ކޮށްލި މުސްލިމުންނަށް ވުރެ ވެސް ގިނަ އަދަދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Jun 2026
ސާޖަންޓް ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވެއްޖެ
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު ޚިދުމަތް ކުރައްވާފައެވެ.
18 Jun 2026
ނޫސްވެރިންގެ ދިފާޢުގައި ފެށި މަސައްކަތް ޕާކުކޮށްފައި ނުބާއްވަން
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބް އަބްދުالله ވިދާޅުވީ، ނޫސްވެރިންގެ ދިފާޢުގައި އެންމެ ބޮޑަށް މަސައްކަތްކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި އެމްޑީޕީ އުފެދިގެން އައީ ނޫސްވެރިކަމުގެ ތެރެއިން ކަމަށެވެ.
18 Jun 2026
ސުލްހައިގެ އެއްބަސްވުމާ އެކު ތެލުގެ އަގު ދެ އިންސައްތަ ދަށަށް
ބްރެންޓް ކްރޫޑް ފީފާއެއް 1.64 ޑޮލަރު (2.06 ޕަސެންޓް) ދަށަށް ގޮސް 77.91 ޑޮލަރަށް ވަނީ ވެއްޓިފައެވެ. އަދި ޔޫ.އެސް. ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް 1.80 ޑޮލަރު (2.34 ޕަސެންޓް) ދަށަށް ގޮސް ފީފާއެއް ވަނީ 74.99 ޑޮލަރަށް ވެއްޓިފައެވެ.
18 Jun 2026
ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ޖޫން 11 ވަނަ ދުވަހު ފެރިދޫ ޕޮލިހާއި މާޅޮހު ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އއ. ހިމަންދޫ / ހިރުދުގަސްދޮށުގެ، ޙަސަން ޢަރީބް (23އ) އެވެ.
18 Jun 2026
މިއީ އުއްމީދު ކުރި ފެށުމެއް ނޫން؛ އެކަމަކު ނިމެން އަދި ގާތްވެސް ނުވޭ: ރޮނަލްޑޯ
އެމެރިކާގެ ހިއުސްޓަންގައި ކުޅުނު މި މެޗަށްފަހު ރޮނަލްޑޯގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އެ ޓީމުން އުއްމީދު ކުރި ފަދަ ފެށުމެއް ނޫން ނަމަވެސް، މުބާރާތް އަދި ނިމުމާ ގާތްވެސް ނުވާ ކަމަށެވެ. އަދި ހިތްވަރާއެކު، ދެން އޮތް މެޗަށް ފޯކަސް ކުރުމަށް އޭނާ ވަނީ އެދިފައެވެ.
18 Jun 2026
ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްތޯ ބެލުމަކީ މިވަގުތު މުހިންމުކަމެއް ނޫން
ދިވެހިރާއްޖެ ދަރަނިވެރިކުރުވީ ކޮން ވެރިކަމެއްގައި، ކޮން ބައެއްތޯ ބެލުމަކީ މިވަގުތު މުހިންމު ކަމެއް ނޫން ކަމަށާ، މުހިންމީ އެކަމަށް ހައްލެއް ހޯދުން ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
18 Jun 2026
އެމެރިކާއާއި އީރާނުން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކޮށްފި
ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އީރާނުން ވަނީ 'ސްޓްރެއިޓް އޮފް ހޯރްމޫޒް' ވަގުތުން ހުޅުވާލުމަށް އެއްބަސްވެފައެވެ. އޭގެ ބަދަލެއްގެ ގޮތުން އެމެރިކާ އިން ވަނީ އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްތައް ވަގުތުން އުވާލުމަށް ނިންމާފައެވެ.
18 Jun 2026
ކްރޮއޭޝިއާ އަތުން މޮޅުވެ އިނގިރޭސިން ފެންވަރު ދައްކާލައިފި
ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު މިމެޗްގައި އިނގިރޭސިންގެ ފަރާތުން ރީތި ފުޓްބޯޅައެއް ފެނިގެންދިޔައިރު، އެޓީމްގެ ހަމަލާތައްވެސް ފެނުނީ ވަރުގަދަކޮށެވެ