ރައީސް ޑރ.މުއިއްޒު...ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Aug 2025 | 08:37
މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައި ޒުވާނުންގެ ބައިވެރިވުން އޮތުން މުހިންމު: ރައީސް

މުޖުތަމައުގެ ހުރިހާ ދައިރާއެއްގައި ޒުވާނުންގެ ބައިވެރިވުން އޮންނަންޖެހޭކަމަށާއި، އެކަމަކީ ވަރަށް މުހިއްމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިގޮތަށް ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ޑރ.މުއިއްޒު ވަނީ ޤައުމުގެ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އޮންނަންޖެހޭކަން ފާހަގަކުރައްވައި، އެކަންކަމުގައި ޒުވާނުނަށް ބާރުތައް ދިނުމުގެ މުހިންމުކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ވަނީ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް، އެފަރާތްތަކުން ކަންކަމުގައި ނިންމާ ނިންމުންތަކުގައި ޒުވާނުންގެ ވިސްނުންތައް ބައިވެރިކުރުމަށް ފުރުސަތުދިނުމަށް ގޮވާލާފައެވެ

މީގެ އިތުރުން ރައީސް ވަނީ ޒިންމާދާރު މަގާމުތަކުގައި ތިބޭ ފަރާތްތަކުން ޒުވާނުނަށް ފުރުސަތު ފަހިކޮށްދޭންޖެހޭކަން ފާހަގަކޮށް، ޒުވާނުންގެ ކުރިއެރުމާއި އެމީހުންގެ އުފެއްދުންތެރިކަން ކުރިއެރުވުގައި އެހީތެރިކަން ދިނުމަށްވެސް އެދިފައެވެ. އަދި ޒުވާނުން ދާން ބޭނުންވާ ހިސާބަށް ވާސިލްވުމުގައި ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް ރައީސް ވަނީ އެދިފައެވެ.

ރައީސްގެ ޕޯސްޓްގައި ވަނީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލާނީ ޒުވާނުންނަށް ފަހިވާނެގޮތަށްކަން ފާހަގަކޮށް ކަންކަމުގައި ކުރިއަށްދާނީ ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކުގައިކަން ފާހަގަކުރައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮގަސްޓްމަހުގެ 12 ވަނަ ދުވަހެވެ. ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ކަމާބެހޭ އިދާރާތަކާ ޖަމިއްޔާ ޖަމިއްޔާތަކުން ކޮންމެ އަހަރަކުވެސް ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގަމުންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
މިސްކިތަށް ގެއްލުންދީ، ބޮޑުކަމުދިޔަ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މިސްކިތްތަކަށް ގެއްލުންދީ، ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގ. މާލެހިޔާ، އުމުރުން 30 އަހަރުގެ ނައުޝާދު މޫސާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.