ތުޅާދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުން..
ހަބަރު
12 Aug 2025 | 13:49
ތުޅާދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ބ.ތުޅާދޫގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު އެމްޓީސީސީން ފަށައިފިއެވެ.

އެއާޕޯތް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެކަމަށްޓަކައި މިއަދު ތުޅާދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ބިންހިއްކުން ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން ތުޅާދޫގެ މުއައްސަސާތަކާއި ރައްޔިތުން ބައިވެރިވިއެވެ.

މި ސަރުކާރުން ތުޅާދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިމިވަނީ، އެމްޑީޕީ ސަރުކާރުން އެ މަސައްކަތް ހަވާލުކުރި ފަރާތުގެ އެއްބަސްވުން ބާތިލްކުރުމަށްފަހު ބައެއް ބަދަލުތަކާ އެކުގައެވެ. 

ރައީސް ސޯލިހުގެ ސަރުކާރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޯމަތިކޮށް އެއަހަރުގެ އޮގަސްޓްމަހުގެ 29 ވަނަ ދުވަހު ބިންހިއްކުމުގެ މަސައްކަތް ފެށިއެވެ. އެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ،  ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އޭރު މަސައްކަތް ކުރީ 44.70 ހެކްޓަރު ހިއްކާގޮތަށް 42.4 މިލިއަން ޑޮލަރު ނުވަތަ 654 މިލިއަން ރުފިޔާގެ އަގަކަށެވެ.

ތުޅާދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުން..

އަދުގެ ސަރުކާރުން މިހާރު އެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރައްޔިތުންގެ ކުންފުނި އެމްޓީސީސީއަށް 570.2 މިލިއަން ރުފިޔާގެ އަގަކަށް 55.4 ހެކްޓަރު ހިއްކާ ގޮތަށެވެ.

މިއަދު ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ މީގެ ކުރިން ފަޅުން ވެލި ނަގައިގެން ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އޮތްނަމަވެސް މިހާރު އެ މަސައްކަތް ކުރާނީ ފަޅުން ބޭރުން ވެލިނަގައިގެން ހިއްކާގޮތަށްކަމަށެވެ. އެގޮތަށް ބިންހިއްކުމުން މަޝްރޫޢު އަވަހަށް ނިންމާލެވޭނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ތެރެއިން ބ. ތުޅާދޫގައި ގާއިމުކުރެވިގެންދާނެ އެއާޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއެކު ކޯޑް ތްރީސީ އަށް ގާއިމުކުރެވޭ އެއަރޕޯޓެކެވެ. އަދި މިއަދު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން އެއާޕޯޓު ގާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖަހާނެ އެވެ.

ތުޅާދޫ އެއަޕޯޓްގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ހަމައެކަނި އެ ފެށި ހަފްތާ އެކަންނެވެ. އޭގެ ފަހުން މަސައްކަތް ކުރިއަށްގެންގޮސްފައެއް ނުވެއެވެ. އޭރު އެ މަސައްކަތް ފެށިތާ މާ ގިނަ ދުވަހެއްނުވެ، މަސައްކަތަށް ގެނައި ސާމާނުތައްވެސް ވަނީ ތުޅާދޫއިން ގެންގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
މިސްކިތަށް ގެއްލުންދީ، ބޮޑުކަމުދިޔަ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މިސްކިތްތަކަށް ގެއްލުންދީ، ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގ. މާލެހިޔާ، އުމުރުން 30 އަހަރުގެ ނައުޝާދު މޫސާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.