އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން.. ފޮޓޯ: އާއިލާއާ ބެހޭ ވުޒާރާ
ރިޕޯޓް
13 Aug 2025 | 14:05
އިބަމަ: ނާޒުކު ހާލަތުގައިވާ އާއިލާތަކަށް ގުޅިގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް

އިޖްތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމަކީ، ނުވަތަ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކުގެ ޙާލަތު ބަދަލުކޮށް، އެ ފަރާތްތައް ބާރުވެރިކުރުވައި، އެހެން މީހުންނެކޭވެސް އެއްގޮތަށް އަމިއްލަ ފުދުންތެރިކަމުގައި އުޅޭ ބައެއްކަން ކަށަވަރުކޮށް، ފަޚުރުވެރި އާއިލާތަކެއް ބިނާކުރުމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. މި ކަމަށްޓަކައި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، މުޖުތަމަޢުގެ ތެރެއިން މިފަދަ އާއިލާތަކުގެ ހާލު ބަލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ ވާހަކައަކީވެސް އާ ވާހަކައެއް ނޫނެވެ.

މި މަޤްޞަދު ހާސިލްކުރުމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޔުނިސެފާއި ގުޅިގެން އަތޮޅުތެރޭގައި އިޖްތިމާޢީ ބަދަހި މަދަދުވެރިން ތަމްރީނުކުރުމަށް ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެ ވުޒާރާއިން ބުނީ މިއީ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކާއި، ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައިވާ، އެއްވެސް އާއިލާއެއް ނުވަތަ ވަކި ފަރުދެއް ހުރިކަމުގައި ވިޔަސް، އެ ފަރާތެއް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އިބަމަ އަކީ ކޮބައި؟

އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) އަކީ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމާއި، ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކާއި، ނާޒުކު ހާލަތުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުގެ ތެރެއިން ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރުއޮތް ފަރާތްތަކަށް ރަށު ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް، ރަށުގައި ޤާއިމުވެފައި ހުރި އިޖްތިމާޢީ ޚިދުމަތްދޭ މުއައްސަސާތައް ގުޅިގެން ވަށާޖެހޭ ގޮތެއްގައި މަސައްކަތްކުރުމަށް އެކުލަވާލައިފައިވާ ގްރޫޕެކެވެ.

އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ރަށެއްގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން.. ފޮޓޯ: އާއިލާއާ ބެހޭ ވުޒާރާ

ޕްރޮގްރާމްގެ އަމާޒަކީ؟

އިބަމަ ތަމްރީނު ޕްރޮގްރާމުގެ އެންމެ ބޮޑު އެއް އަމާޒަކީ އެ ރަށެއްގައި ނުވަތަ އެ މުޖުތަމަޢުގައި ތިބި މި ދެންނެވިކަހަލަ ނާޒުކު ހާލަތްތަކުގައި ނުވަތަ ނާޒުކު ހާލަތަކަށް ހުށަހެޅިދާނެ ފަރާތްތައް ދެނެގަތުމެވެ. އެއަށްފަހު، އެ އާއިލާތަކުގެ ހާލަތު ރަނގަޅުކޮށް، އެމީހުންނަކީ ބަރޯސާނުވެ ފަޚުރުވެރިކަމާއެކު އުޅޭ ބައެއްކަން ކަށަވަރުކުރުމަށް މުއައްސަސާތަކުން ގުޅިގެން ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް އެކަށައެޅުމެވެ. އެއީ އާއިލާތަކުގެ ހާލަތު ރަނގަޅުކޮށް، އާއިލާތައް ބާރުވެރިކުރުމަށް މުއައްސަސާތައް ގުޅިގެން މަސައްކަތްކުރަން ފެށުމުން، މިފަދަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، ނާޒުކު ހާލަތުގައި ތިބި ފަރާތްތައް އެ ހާލަތުން ނަގައިގަތުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެތީއެވެ.

ހަމަ އެއާއެކު އިޖުތިމާޢީ މައްސަލަތައް އިތުރުވިޔަ ނުދިނުމަށްޓަކައި ރަށު ފެންވަރުގައި ކުރެވިދާނެ ވަރަށް ގިނަ ކަންކަން އިބަމަ ގްރޫޕްތައް ތަމްރީނުކުރާއިރު ކިޔައިދެއެވެ. މިސާލަކަށް، ނާޒުކު ހާލަތަކަށް ހުށަހެޅިދާނެ ހާލަތެއްގައި ދިރިއުޅޭ ފަރާތްތައް ދުރާލާ ދެނެގަނެ، އެ ފަރާތްތަކަށް ރަށުތެރެއިން އެހީތެރިކަން ފޯރުކޮށްދީ، ސަޕޯޓް ފޯރުކޮށްދޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވި، އިބަމަ ޓީމުތައް ގޮތްތައް ނިންމައެވެ. އެކަނި އުޅޭ ދޮށީ އުމުރުގެ މީހެއް ނަމަ، އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި، އޭނާގެ ހާލު ގާތުން ބެލުމާއި، ނާޒުކު ހާލަތަކަށް ދިޔަ ނުދިނުމަށްޓަކައި، އިންތިޒާމުކުރެވިގެން ރޭވުންތެރިކަމާއެކު އެ ފަރާތާއެކު މަސައްކަތްކުރާނެ ގޮތްތަކެއް އިބަމަ ޓީމުތަކުން ކަނޑައަޅައެވެ. ނަތީޖާއެއްގެ ގޮތުން، އެފަދަ ފަރާތްތަކަށް މުޖުތަމަޢުގެ ތެރެއިން އަޅާލުމާއި ލޯބި ލިބި، އެހެން މީހުންނާ ޝާމިލުވެގެން ގުޅުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި ނާޒުކު ހާލަތަކަށް ހުށަހެޅި، އޭނާގެ ހާލު ގޯސްވުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަވެގެންދެއެވެ.

އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފުލުހުންނާ ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން.. ފޮޓޯ: އާއިލާއާ ބެހޭ ވުޒާރާ

އާއިލާއާ ބެހޭ ވުޒާރާއިން ބުނީ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގްރޫޕްތައް ރަށްރަށުގައި އެކުލަވާލައި، އެ ފަރާތްތައް ތަމްރީނުކުރުމަށް މިނިސްޓްރީއިން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިހާތަނަށް ދިވެހިރާއްޖޭގެ 17 އަތޮޅެއްގެ 142 ރަށެއްގައި އިބަމަ ގްރޫޕްތައް ވަނީ ޤާއިމުކޮށްފައިވާކަމަށެވެ.

2024 ވަނަ އަހަރުން ފެށިގެން އިބަމަ ތަމްރީނު ޕްރޮގްރާމު ހަރުދަނާކޮށް، ރަށްރަށުގައި އިޖްތިމާޢީ ޚިދުމަތްތެރިން ތަމްރީނުކުރާއިރު، އެ ފަރާތްތަކަށް ބޭނުންވާނެ ގިނަ ހުނަރުތައް މި ޕްރޮގްރާމުގައި ވަނީ ހިމަނާފައެވެ. އަދި ރަށްރަށުގައި މަސައްކަތްކުރާ އިބަމަ ޓީމުތަކަށް މިނިސްޓްރީއާ އެކު ފަސޭހައިން މަސައްކަތްކުރެވޭނެ ނިޒާމެއް ވެސް މިހާރު އެކުލަވާލެވިފައިވާކަމަށް ބުނެއެވެ.

އެހެންކަމުން އިބަމަ ޕްރޮގްރާމް ފާހަގަކޮށްލެވެނީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން، ރައްކާތެރިކަން ފޯރުކޮށްދީ، އެހީތެރިކަން ފޯރުކޮށްދޭ، އުފާވެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވެމުންދާ ވަރަށް ރަނގަޅު މަސައްކަތެއްގެ ގޮތުގައިކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް