ވިއްސާރާގައި ޕާކިސްތާނުގެ އަވަށަކަށް ގެއްލުން ލިބިފައި.. ފޮޓޯ: އޭއެފްޕީ
ދުނިޔެ
16 Aug 2025 | 10:32
ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ޕާކިސްތާނަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް 200 އަށްވުރެ ގިނަ މީހުން މަރުވެ،  އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް މަންޓް އޮފީހުން ބުނެފައިވަނީ، މިހާރު ކުރަމުންގެންދާ ވިއްސާރާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް އެތައް ބަޔަކު މަރުވެ، އަވައްތަށް ފެނުގެ އަޑިއަށް ގޮސްފައިވާކަމަށެވެ. ވއިްސާރައިގެ އަސަރު އެންމެބޮޑަށް ކުރި އަވަށްތަކުގެ ތެރޭގައި ޚައިބަރު ޕަޚްތުންޚްވާން ޕްރޮވިންސްގެ ބާނާ އަވށް ހިމެނެއެވެ. 

އެ އަވަށަށް ވިއްސާރަ ވެހުމުގެ އިތުރުން ގުގުރައި ހޮނުއެޅުމުގެ ސަބަބުންވެސް އެތައް ގެއްލުންތަކެއް ވަނީ ލިބިފައެވެ. ވާރޭވެހި ބިންގަނޑު ކަނޑައިގެންގޮސް ވެއްޓުނު ގެތައް ނަގައި ސާފްކުރުމުގެ މަސައްކަތް ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ އަދިވެސް ކުރަމުންނެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ހެލިކޮޕްޓަރެއް ވެއްޓުނުއިރު، މޫސުން ގޯސްވުމުގެ ސަބަބުން އެހީގެ މަސައްކަތްތަކަށްވެސް ވަނީ ހުރަސްއެޅިފައެވެ.

ބިންގަނޑު ކަނޑައިގެން ގޮސް ގެތައް ވެއްޓުމުގެ ހާދިސާގައި މިހާތަނަށް މަރުވި މީހުންގެ ތެރޭގައި 19 އަންހެނަކާއި، 17 ކުޑަކުދިން ހިމެނޭކަމަށް ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު މޫސުން ވަރަށްބޮޑަށް ގޯސްވާނޭކަމުގެ އިންޒާރު އެޤައުމުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓް (ޕީ.އެމް.ޑީ) އިން ވަނީ މީގެކުރިން ދީފައެވެ. އެގޮތުން ޖުލައިގެ ފަހުން މޫސުން ވަރަށް ގޯސްވާނޭކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރުދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް