ފަލަސްތީނުގެ ބިމެއްގައި ޔަހޫދީން ވަޒަންވެރިކޮށްފައި... ފޮޓޯ:
ދުނިޔެ
16 Aug 2025 | 22:23
ވެސްޓްބޭންކުގައި ޔަހޫދީ އާބާދީތައް އިތުރުކުރެވޭނެ ހަމައެއްނެތް: ފްރާންސް

އިސްރާއީލުން ވެސްޓްބޭންކުގައި ޔަހޫދީ އާބާދީތައް އިތުރުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް ފްރާންސުން ނިކުމެއްޖެއެވެ.

ދައުލަތެއްގެ ސިފަ ޖެއްސުމަށް މަސައްކަތްކުރަމުންދާ ޔަހޫދީ ސަރުކާރުން ވަނީ ވެސްޓްބޭންކުގައި ޔަހޫދީންގެ އާބާދީތައް އިތުރުކުރަން ނިންމައި ބޮޑު ހައުސިން މަޝްރޫޢުއެއް ފެށުމަށް ނިންމާފައެވެ. އީ 1 ގެ ނަމުން ނަންދީފައިވާ މި މަޝްރޫޢުއާ ގުޅޭގޮތުން ފްރާންސްގެ ހާރިހީ ވުޒާރާއިން ބުނެފައިވަނީ، ވެސްޓްބޭންކުގައި ޔަހޫދީ އާބާދީތައް އިތުރުކުރަން ނިންމުމަކީ ހެދިފައިހުރި ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޗާޓަރުތަކާ ފުށުއަރާ ކަމެއްކަމަށެވެ. މިއީ އިސްރާއީލުން ޤާނޫނުތައް މުގުރައި ހިންގުމަށް ނިންމާފައިވާ ބޮޑު ޖަރީމާއެއްކަމަށާއި، މިކަން ހުއްޓާލަން ޖެހޭކަމަށް ފުރާންސްގެ ހާރިޖީއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލުން ވަނީ ވެސްޓްބޭންކުގައި 3،400 އަށްވުރެ ގިނަ ހައުސިން ޔުނިޓްތައް އެޅުމުގެ ޕްލޭނެއް އިއުލާނުކޮށްފައެވެ. މިކަމާ ދެކޮޅަށް ބައިނަލްއަޤްވާމި އެކި ފަރާތްތަކުން އަންނަނީ އަޑު އުފުލަމުންނެވެ. ޖޯޑަން އަދި ޤަތަރުންވެސް ވަނީ އިސްރާއީލްގެ އެ ޕްލޭނަށް ވަރަށްބޮޑަށް ކުށްވެރިކޮށްފައެވެ.

ބައިނަލްއަގްވާމީ ފަރާތްތަކުން ފިއްތުންތައް ކުރިމަތިކުރުވި ނަމަވެސް ހަމަޖެހިފައިވާ ގޮތަށް އެކަން ކުރިއަށްދާނޭކަމަށް ޔަހޫދީ ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ބައިނަލްއަޤްވާމީ ފަރާތްތަކުން ކިތަންމެ ވަރަކަށް ފާޑުކީނަމަަވެސް އިސްރާއީލުން އެކަން ނުހުއްޓާނޭކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް