ރައީސް ޑރ.މުއިއްޒު ބޮޑުފުޅަދޫ ޖަލްސާގައި ރައްޔިތުންނާ މުހާތަބްކުރައްވަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Aug 2025 | 12:23
އަންނަ އަހަރު ބޮޑުފުޅަދޫގައި 50 ހައުސިންގް ޔުނިޓް އަޅައިދޭނަން: ރައީސް

އއ.ބޮޑުފުޅަދޫގައި 50 ހައުސިންޔުނިޓް އެޅުމަށް ނިންމާފައިވާކަން ރައީސުލުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޮޑުފުޅަދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމަކީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލަ ކަމަށެވެ. އެގޮތުން ބޮޑުފުލަދޫގައި ހައުސިން ޔުނިޓް މަޝްރޫޢުއެއް ކުރިއަށްގެންދާނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ހައުސިން ޔުނިޓް އަޅާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު އެ މަޝްރޫޢުގެ މަސައްކަތް ފަށާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ހައުސިން ޔުނިޓްގެ އިތުރުން ބޮޑުފުޅަދޫ ސްކޫލްގައި އިމާރާތްކުރާ 5 ކްލާސްރޫމާއި،  މަލްޓިޕާޕަސް ހޯލާއި އެނޫންވެސް މަސައްކަތްތައް އެންމެ ލަސްވެގެން ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭގައި ފެށިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ބޮޑުފުޅަދޫގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމަށް ސަރުކާރުން އިސްކަންދެއްވާކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުއިއްޒު ވަނީ، އެރަށުގައި ގާއިމްކުރެވޭ ހޭންޑްބޯލް ކޯޓްގެ އަމަލީ މަސައްކަތް މިއަހަރު ފަށައި، ފުޓްބޯޅަ ދަނޑުގެ ވަސީލަތްތައްވެސް މި އަހަރު ގާއިމްކުރެވޭނެކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އައު ފުޓްސެަލް ދަނޑެއް ގާއިމްކޮއްދެއްވާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބޮޑުފުޅަދޫގައި ޒުވާނުންގެ މަރުކަޒު ހުރިނަމަވެސް އެތަނުގައި ގިނަ މައްސަލަތަކެއް ހުރިކަމަށާއި، ކޮންޓްރެކްޓާ ލައްވާ ތަނުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރައްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ބޮޑުފުޅަދޯގައި ކުރިން ހިއްކާފައިވާ 4 ހެކަޓަރުގެ ބިން ރަށު ކައުންސިލާ ހަވާލުނުކޮށް އޮތް އޮތުމަކީ މުހިއްމު އެއްކަމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކޮއްފައެވެ. އަދި މިކަމުގެ ސަބަބުން އެތަން ބޭނުން ނުކުރެވި ހިމާޔަތްވެސް ނުކުރެވި އޮތްކަން ފާހަގަކޮށް، ރަށުގެ ގޮނޑުދޮށް ހިމާޔަށް ނުކުރެވި އޮތީ މިކަމުގެ ސަބަބުންކަމަށް ރައީސްވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.