މަޖިލިސް އިމާާރާތުގައިވެސް ނަމާދު ކުރެވޭނެ: ނިޔާޒު

08 Jun 2019 | 02:26

ރައްޔިތުންގެ މަޖިލީސް ހިންގާ އިމާރާާތުގައިވެސް ނަމާދުކުރެވޭނެ ކަަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ ގުރުއާނުގެ އާޔަތާއި މާނަ ހިމެނެއްވުމަށްފަހު، ނަމާދު ކުރެވޭނެ އިންތިޒާމް މަޖިިލިސް އިމާރާތުގައި ވަނީ ހަމަޖެހިފައި ކަމަށް ވިދާޅުވެފައެވެ.

އެބޭފުޅާ ޓްވީޓްކުރެއްވި ގުރުއާނުގެ އާޔަތުގެ މާނައިގައި ވަނީ "ނަމާދުކޮށް އަަވަދިވެއްޖެ ހިނދު، ފަހެ ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ. (އެބަހީ: ހަޔާތުގެ މައިދާނަށް ނުކުންނާާށެވެ!) އަދި ތިޔަބައިމީހުން ﷲ ގެ ފަޟްލުވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ" މިފަަދައިންނެވެ.

ބެެލެވޭ ގޮތުގައި ނިޔާޒުގެ ޓްވީޓްގައި އިޝާރާތްކުރައްވާފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެނަމާދު ދޭތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވުމަށް އެޖެންޑާ ކުރެވުުމުން އިިދިކޮޅު ބައެއް މެންބަރުން އެކަމަށް ފާޑުކިޔަމުން ދިޔުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މޯދީ ތަގުރީރުކުރައްވާނީ މެންބަރުން މަޣްރިބް ނަމާދުކޮށް ނިމުމުންކަމަށް ބުނެފައެވެ

ވޮއިސްއާއި ވާހަކަފުޅު ދައްކަވަމުން މެންބަރު ނިޔާޒު ވިދާޅުވީ އިދިކޮޅުން ދީނީ ކާޑު ބޭނުންކޮށްގެން މި ސަރުކާރުގެ ކަންކަމަށް ހުރަސްއެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކީ މިހާރު ރައްޔިތުން ބަލައިގަންނަކަމެއް ނޫންކަމަށެވެ.

މީގެ ކުރިން ޕީޕީއެމްގެ އަތުގައި މަޖިލީހުގެ މެޖޯރިޓީ އޮތްވަގުތުގައިވެސް ދެނަމާދު ދޭތެރޭގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދިޔައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައްޔިޔުންގެ މަޖިލީހުގެ މިހާރުގެ އިދާރާއާއި އާ އިމާރާތުގައިވެސް ނަމާދުކޮަޓަރިއެއް ހުރެއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް