N/A
N/A
ހަބަރު 07 Jun 2019 | 11:34

މޯދީ ވެރިކަމަށް ވަޑަގަތުމަށްފަހު ހިންދޫއިން މުސްލިމުންނަށް އަނިޔާނުކުރާ ދުވަހެއްނުދޭ: ވާރލެމަން

މޯދީ ވެރިކަމަށް ހޮވި ވަޑައިގަތުމުގެ ފަހުން މޯދީ އަށް ސަޕޯޓުކުރާ ހައްދުފަހަނަޅައިފައިވާ ހިންދޫ ފިކުރުގެ މީހުން މުސްލިމުންމަށް އަނިޔާ ނުކުރާ ދުވަހެއް ނުދާ ކަމަށް މުސްލިމުންގެ ހައްގުތަކަށް މަސައްކަތްކުރާ މައްޝޫރު ނޫސްވެރިޔާ ސީ.ޖޭ ވާރލެމަން ވިދާޅުވެއްޖެއެވެ.

ސީ.ޖޭ މިހެން ވިދާޅުވެފައި ވަނީ ދެދުވަސް ކުރިން މޯދީގެ ސަޕޯޓަރުން މުސްލިމަކަށް އަނިޔާ ކުރާ ވީޑިއޯއެއް ޝެއާ ކުރަމުން ކުރެއްވި ޓުވީޓެއްގައިއެވެ.

ވީޑިއޯ އިން ފެންނަނީ މުސްލިމެއް ގައިގައި ދަގަނޑު ހޮޅިއަކުނ ތަޅައި އަނިޔާ ކުރާ މަންޒަރެވެ. މީގެ އިތުރުން މޮދީ ގެ އާރް.އެސް.އެސް ޖަމިއްޔާގެ މީހުން ވަނީ އެމީހާއަށް ގަދަކަމުން އޫރުމަސް ކާންދީ ނުކައިފިނަމަ ގަޔަށް ކުޑަކަމުދާނެ ކަމުގެ ބިރުދައްކާފައިއެވެ.

ފާއިތުވި އަހަރުތަކުގައި ހިންދުވްތާ ފިކުރުގެ ހަށުކަށި ހިންދޫން ގެ މިފަދަ އަމަލުތައް އިންޑިއާގައި ވަނީ ވަރަށް ގިނަ ވެފައިއެވެ. އާރް.އެސް.އެސް ގެ މެންބަރުން މިހާރު ދަނީ ބިރަކާއި ނުލައި މުސްލިމުންނާއި ނަސޯރާއިންނާއި އަދި ބުދިސްޓުންނަށް ވެސް އަނިޔާ ދެމުންނެވެ. މިކަން ބިރެއް ނެތި ގައުމީ ފެންވަރުގައި ކުރަން ފެށުނީ މޯދީ އިންޑިއާގެ ވަރިކަމަށް އައި ހިސާބުންނެވެ. މޯދީ އަކީވެސް. ހިންދުވްތާ ފިކުރުގެ އާރް.އެސް.އެސް މެންބަރެކެވެ.

ހިންދުވްތާ ގެ ފިކުރުގެ މީހުން ގަބޫލު ކުރަނީ އިންޑިއާ އަކީ ހިންދޫންގެ ތަނެއް ގޮތުގައިއެވެ. އިންޑިއާގައި ތިބި އެހެން ދީން ތަކުގެ މަދު މީހުންނަކީ އިންޑިއާއަށް ހިޖުރަ ކުރި ބޭރު ބައެއް ގޮތުގައި އެވެ. އެ ފިކުރުގެ މީހުން ގަބޫލު ކުރާ ގޮތުގައި އިންޑިއާ ދުނިޔޭގެ އެންމެ ވަރުގަދަ ގައުމަށް ނުވެފައި އޮތީ ގެރި ކަނލާންގެ އަށް އިހްތިރާމް ނުކުރާ މީހުން، އެއީ ގެރިމަސް ކާ މީހުން، އިންޑިއާގައި ތިބީމައެވެ. އިންޑިއާ އަކީ ހަމައެކަނި ހިންދޫންގެ ތަނަކަށް ވެއްޖެ ނަމަ އިންޑިއާ އަކީ ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމަށް ވާނެ ކަމަށް އާރް.އެސް.އެސް ގެ ހިންދުވްތާ ފިކުރުގައި ގަބޫލު ކުރެއެވެ.

އިންޑިއާގެ މުސްލިމް ޖަމްއިއްޔާ ތަކުން ބުނާ ގޮތުގައި އާރް.އެސް.އެސް ގެ މެންބަރުން އަބަދުވެސް މިކަހަލަ އަނިޔާ މުސްލިމުންނަށް ކުރެއެވެ. އެހެން ނަމަވެސް ކުރިން ކުރަނީ ސިއްރުންނެވެ. މޯދީ ވެރިކަމަށް އައި ހިސާބުން ބިރެއް ނެތި ނިކުމެ ފާޅުގައި މިފަދަ އަމަލުތައް ކުރަން ފެށީއެވެ. އަދި އެކަން އެގޮތަށް ކުރުމަށް އެހެން ހިންދޫންނަށް ހިއްވަރުވެސް ދޭން ފެށީއެވެ. މޯދީ ދުނިޔެއާއި އިންޑިއާގެ ގިނަ މީހުންނަށް ފުރަތަމަ އެނގިގެން ދިޔައީވެސް މިކަހަލަ ކަމެއްގެ ތެރެއިންނެވެ.

މޯދީ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް އުޅެމުން ވަނީ އާރް.އެސް.އެސް ގެ އެއް ލައްކަ އެއް ހާމީހުން ގޮވައިގެންގޮސް މިސްކިތެއް ތަޅާ ލައިފައިއެވެ. އެއީ އެ މިސްކިތް އަޅާފައި ހުރީ ހިންދޫ ފައްޅިއެއް މަތީގައި ކަމަށް ބުނެއެވެ. އެތައް ހާސް މުސްލިމުންނެއް މަރުވި މި ހަމަނުޖެހުންތައް ލީޑު ކުރަން ހުރި މޯދީ އަށް އޭރު ކުއްލިއަކަށް ވަރަށް ގިނަ ހިންދޫންގެ ސަމާލުކަން ލިބުނެވެ. އަދި ހަމަ އެހެންމެ ބޭރު ދުނިޔޭގެ ސަމާލުކަން ވެސް ލިބުނެވެ. އޭރު ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ މޯދީ ބްލެކް ލިސްޓު ކޮށް އެ ގައުމުތަކަށް ދަތުރު ކުރުން މަނާ ކޮށްފައިއެވެ. އެމެރިކާ އާއި އީ.ޔޫ އިންވެސް ވަނީ މޯދީ ގެ ޕާސްޕޯޓު ބްލޮކް ކޮށްފައި އެވެ. އެކަން ބަދަލު ވީ މޯދީ ވެރިކަމަށް ހޮވުމުން ނެވެ.

މި ވީޑިއޯ ފޭސްބުކް ގައި ޝެއާ ކުރަން ޖެހުނީ ފުލުހުން އެމައްސަލަ ނުބެލީމައި ކަމަށްވެއެވެ. ވީޑިއޯ ހެކި އޮތަސް ފުލުހުން އެމީހުން ހައްޔަރު ކުރާނެ ކަމަށް ހުދު އަނިޔާ ލިބުނު މީހުން ވެސް ގަބޫލެއް ނުކުރެއެވެ. އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާ ތަކުން އަންދާޒާ ކުރާ ގޮތުގައި އިންޑިއާގައި މުސްލިމުން ނާއި ދެކޮޅަށް ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ މިފަދަ ހަމަލާ މިހާރު ދެވޭ އިރު އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް އިންގާ އުދުވާންތައް ފާއިތުވި ފަސް އަހަރު ވަނީ އެތައް ގުނަ އިތުރު ވެފައިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު
31 Oct 2026 ހަބަރު

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު

ބަޖެޓް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކާއެކު އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް އެދެވޭ މިންވަރަކަށް އިތުރުވެގެންދާނެ ކަމަށެވެ.

އާރްއެސްޑަބްލިޔު ފައިނޭންސިން ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި
30 Oct 2026 ހަބަރު

އާރްއެސްޑަބްލިޔު ފައިނޭންސިން ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަނީ އަހަރަކު %6 ގެ ފައިދާ ރޭޓެއްގައެވެ.

ފަތުރަނީ ދޮގެއް، ސަލަފުން އިލްތިމާސްކުރީ އިސްލާމީވަންތަކަން ކަށަވަރު ކުރަން
30 Oct 2026 ހަބަރު

ފަތުރަނީ ދޮގެއް، ސަލަފުން އިލްތިމާސްކުރީ އިސްލާމީވަންތަކަން ކަށަވަރު ކުރަން

ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައް އެކަމަށް ބުރޫއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން ކަމުގައި ވިދާޅުވި އެވެ.

ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި
30 Oct 2026 ހަބަރު

ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި

މާލެއާ ވިލިމާލެ ބްރިޖުން ގުޅާލާފައިވާއިރު މިއަދު ވިލިމާލެ އާއި ގުޅިފަޅު ބްރިޖުން ގުޅާލެވުމަކީ މުހިންމު ކާމިޔާބެއް ކަމުގައި ވިދާޅުވި އެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިއާއިން ގެއްލިގެން ހޯދި ދިވެހި މިހާ ފެނިއްޖެ
30 Oct 2026 ހަބަރު

އިންޑިއާއިން ގެއްލިގެން ހޯދި ދިވެހި މިހާ ފެނިއްޖެ

އާއިލާއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އައްޔަބެ ވަނީ ފެނިފައެވެ. އަދި އައްޔަބެ ހާލު ވެސް ރަނގަޅު ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.