އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ތެރެއިން.. ފޮޓޯ: އާއިލާއާ ބެހޭ ވުޒާރާ
ހަބަރު
21 Aug 2025 | 17:10
މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފި

 މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް (އެމްޖެމް) އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ކުރިއަށްގެންގޮސްފިއެވެ.

އެމްޖެމް އެޑްވޮކޭޓުންނަކީ 2019 ވަނަ އަހަރު ތަސްދީގުކޮށްފައިވާ މިންތީގެ ހަމަހަމަކަމާއި ބެހޭ ޤައުމީ ސިޔާސަތާ ގުޅިގެން 2022 ވަނަ އަހަރު އިފްތިތާހުކޮށްފައިވާ ނެޝަނަލް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން ދައުލަތުގެ އިދާރާތަކުގައި މީންތީގެ ހަމަހަމަކަން ޤާއިމްކުރުމަށާއި އަންހެނުން ބާރުވެރި ކުރުމަށް ދައުލަތުގެ ވުޒާރާތަކުން ކަނޑައަޅާފައިވާ ފަރާތްތަކެވެ.

މިއީ ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ހާސިލްކުރުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ. މިގޮތުން މި ނިޒާމުގެ ދަށުން އެމްޖެމް އެޑްވޮކޭޓުން ކަނޑައެޅުމުގެ މަޤްޞަދަކީ، ދެ ޖިންސުގެ ތަފާތުތަކާއި ބޭނުންތައް ދެނެގަތުމެވެ. އަދި އެކަންކަމަށް ރިއާޔަތްކޮށް ޤާނޫނާއި ގަވައިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި އަދި ޕްރޮގްރާމުތައް ހުރިހާ ދާއިރާއަކުން އެކުލަވާލުމަށް މަގުފަހިކުރުމެވެ. 

އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ތެރެއިން.. ފޮޓޯ: އާއިލާއާ ބެހޭ ވުޒާރާ

މިގޮތުން ދައުލަތުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާއަކާއި، ބަންޑާރަ ނައިބުގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން 70 ފަރާތެއްވަނީ އެމްޖެމް އެޑްވޮކޭޓުންގެ ގޮތުގައި ކަނޑައަޅާފައެވެ. މި ތަމްރީން ޕްރޮގްރާމްގައި އެޑްވޮކޭޓުންގެ ހައިސިއްޔަތުން ބައިވެރިވެފައިވާ މުވައްޒަފުންނަކީ އެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިސް ދައުރެއް އަދާ ކުރާނެ ފަރާތްތަކެކެވެ. އަންހެން މުވައްޒަފުންނަށް އޮޓަމެޓިކުން މި މަޤާމް ހަވާލުކުރުމުގެ ބަދަލުގައި، ފިރިހެން މުވައްޒަފުންނަށްވެސް މި މަޤާމަށް ކުރިމަތިލުމަށް ހަމަހަމަ ފުރުސަތުވަނީ ފަހިކޮށްދީފައެވެ.

އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ތެރެއިން.. ފޮޓޯ: އާއިލާއާ ބެހޭ ވުޒާރާ

ކޮންމެ އެޑްވޮކޭޓަކީ އެ އިދާރާއެއްގައި މަދުވެގެން 2 އަހަރު މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އެމްޖީއީއެމް އެޑްވޮކޭޓުންނަކީ ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި އެކަށީގެންވާ ގޮތެއްގައި ބައިވެރިވެވޭ ފަދަ ސީނިއަރ ފެންވަރުގެ ފަރާތަކަށް ވާންޖެހެއެވެ. މިއީ މި ފަރާތްތަކުގެ ބައިވެރިވުމަކީ ހަމައެކަނި ރަމްޒީ ބައިވެރިވުމެއްގެ ބަދަލުގައި މާނަހުރި ބައިވެރިވުމަކަށް ހެދުމަށްޓަކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.