ރާމަﷲ ކައިރީ ހުންނަ ފަލަސްތީނު މީހުންގެ ސަރަހައްދެއް... ފޮޓޯ: ރޮއިޓާސް
ދުނިޔެ
24 Aug 2025 | 10:23
އިސްރާއީލްގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށްބުނެ، ފަލަސްތީނު މީހުންގެ ޒައިތޫނިގަސްތައް ބިމާހަމަކުރަނީ

އިސްރާއީލްގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށްބުނެ، ފަލަސްތީނު މީހުންގެ ޒައިތޫނިގަސްތައް ކެނޑުމުގެ މަސައްކަތް ޔަހޫދީ ސިފައިން ފަށައިފިއެވެ.

އަލްޖަޒީރާއިން ބުނީ ވެސްޓްބޭންކްގެ ފަލަސްތީނު މީހުން ދިރިއުޅެމުންދާ ސަރަހައްދުގެ ވިލެޖެއްގައި ހުރި ޒައިތޫނި ގަސްތައް ބިމާހަމަކުރުމުގެ މަސައްކަތް ހައްދުފަނަ އަޅާފައިވާ އިސްރާއީލްގެ ސިފައިން ފަށާފައިވާކަމަށެވެ. މި ވިލެޖަކީ ފަލަސްތީނަށް ނިސްބަތްވާ 4،000 މީހުން އުޅެމުންދާ ސަރަހައްދެކެވެ.

އިސްރާއީލް ސިފައިންގެ މި ނޭއްގާނީ އަމަލުތަކާ ގުޅޭގޮތުން އެ ވިލެޖްގެ ކައުންސިލްގެ ނައިބު މަރުޒޫކް އަބޫ ނައީމް ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޒައިތޫނި ގަސްތައް ކެނޑުމުގެ އިތުރުން ޔަހޫދީ ސިފައިން ދަނީ އެ ވިލެޖުގައި ދިރިއުޅެމުންދާ ފަލަސްތީނު ރައްޔިތުންގެ ގެތައްވެސް ބިމާ ހަމަކުރަމުންކަމަށެވެ. މިހާތަނަށް 30 ހަށްވުރެ ގިނަ ގެ ބިމާ ހަމަކޮށްލާފައިވާއިރު، އެމީހުންގެ އުޅަނދުތައްވެސް ހަލާކުކޮށްލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

" ޒައިތޫނި ގަހަކީ ފަލަސްތީނުގެ ފަހްރު. 10 އަހަރުދުވަހުގެ ތެރޭގައި ހެއްދި ޒައިތޫނި ގަސްތައް ކުދަ ހިނދުކޮޅެއްގެ ތެރޭގައި އިސްރާއީލް ސިފައިން މިވަނީ ބިމާހަމަކޮށްލާފައި" މަރުޒޫކް އަބޫ ނައީމް ވަރަށް އަސަރާއެކު ވިދާޅުވިއެވެ.

އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން 2023 ވަނަ އަހަރު ޣައްޒާގައި ޖަރީމާތައް ހިންގަންދ ފެށިފަހުން، ވެސްޓްބޭންކުން ފަލަސްތީނު ރައްޔިތުން ބޭރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ މައިގަނޑު ބޭނުމަކީ ޔަހޫދީންނަށް ބޯހިޔާވަހިކަން ހޯދައިދިނުމެވެ. 

އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޠާހޫ ވަނީ ޔަހޫދީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަލަސްތީނުގެ ބިންތަކުގައި ބިޔަ މަޝްރޫޢުއެއް ކުރިއަށްގެންދާނޭކަން އިއުލާނުކޮށްފައެވެ. ނަތަންޔާހޫގެ މި މަޝްރޫޢުއަށް ބައިނަލްއަޤްވާމީ މުޖުތަމައުއިން ދަނީ ކުށްވެރިކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް