އުތީމް ރައްޔިތުންނަށް ޤައުމިއްޔަތަށް ހިދުމަތްކުރުމުގެ ޝަރަފް އަރުވަނީ... ފޮޓޯ: ރައީސް އޮފީސް
24 Aug 2025 | 10:54
ޤައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޝަރަފް ހއ.އުތީމު ރައްޔިތުނަށް ރައީސުލްޖުމްހޫރިއްޔާ އަރުވައިފި

ދިވެހި ޤައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޝަރަފް، ހއ.އުތީމް ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ.

އުތީމް ރައްޔިތުންނަށް މި ޝަރަފް އަރުވާފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.  ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ހއ.އުތީމުގެ ރައްޔިތުންނަށް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އެރަށު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

އުތީމް ރައްޔިތުންގެ ފަރާތުން މި ޝަރަފާ ހަވާލުވެ ވަޑައިގެންނެވީ، އުތީމް ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ.

އުތީމްގެ ރައްޔިތުން ވަނީ ބޮޑުތަކުރުފާނަށް ނިސްބަތްވެ ވަޑައިގަންނަވާ އެ ގަނޑުވަރު 500 އަހަރަށްވުރެ ގިނަދުވަހު ބަލަހައްޓާފައެވެ. އުތީމް ގަނޑުވަރަކީ އައްސުލްތާން އަލް ޣާޒީ މުހައްމަދު ތަކުރުފާނުން އައުޒަމް އުތީމު މަހާރަދުންގެ ޢާއިލީ މައިފުނަގެއެވެ. ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައި ގަތުމުގެ ކުރިން އެ ތަކުރުފާނު އުތީމުގައި ދިރިއުޅުއްވި ގެކޮޅެވެ.

އުތީމު ގަނޑުވަރަކީ ރާއްޖޭގެ އާސާރުތަކުގެ ތެރެއިން އެންމެ ރަނގަޅަށް ބަލަހައްޓާ އެއް ތަނެވެ. އުތީމް ރައްޔިތުން އެތަން ބަލަހައްޓަމުންގެންދަނީ އެރަށު ރައްޔިތުންގެ އަމިއްލަ ތަނެއްގެ ގޮތުގައެވެ. އެގޮތުން އުތީމް ގަނޑުވަރުގެ އެކި ކަންކަމަށް ސަރުކާރުން ފޮނުވާތަކެތި ވަރަށް އަމާނާތްތެރިކަމާއެކު އުތީމްގެ ރައްޔިތުން ބަލަހައްޓަވާކަން ސަރުކާރުތަކުން އަބަދުވެސް ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.