ޝަރަފްވެރިކަމުގެ އިނާމް ހާސިލްކުރެއްވި ފަރާތްތައް... ފޮޓޯ ރައީސް އޮފީސް
ހަބަރު
24 Aug 2025 | 11:34
ޝަރަފްވެރިކަމުގެ އިނާމް, މެޒޯ މުހައްމަދު، މައުރޫފް ޖަމީލް އަދި ޝައިޚް އިސްމާޢީލް މުޙައްމަދަށް

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުންދޭ ޝަރަފްވެރިކަމުގެ އިނާމް މިފަހަރު ތިން ބޭފުޅަކަށް އަރުފައިފިއެވެ.

ސަރަފްވެރިކަމުގެ އިނާމް ލިބިވަޑައިގެންނެވި 3 ފަރާތަކީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން މއ. ފީރޯޒްވާދީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު، އިމާރާތް ކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން މ. ދޫރެސް މުޙައްމަދު މަޢުރޫފް ޖަމީލްގެ އިތުރުން ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ގ. ކްރީމްގެ އަލްމަރްޙޫމް މުޙައްމަދު މާޖިދުގެ ހަނދާނަށެވެ.

މީގެ ތެރެއިން ފަޟީހަތުއް ޝައިހް އިސްމާއިލް މުހައްމަދަކީ އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނަށް ހިދުމަތް ކުރުމާއި ދީނީ އިލްމު އުގަންނައި ދިނުމުގެ ދާއިރާއިން އެތަކެއް ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޝައިހް އިސަމާއިލް މުހައްމަދަކީ ރާއްޖޭގައި ދީން ފެތުރުމަށްޓާކައި ވަރަށޤ ފުޅާ ދާއިރާއެއގްއި މަސައްކަތްޕުޅު ކުރައްވާފައިވާ އަދި ރާއްޖޭން ބޭރުގައި ދީނީ ރޮގުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދިވެހި އެތަކެއް ދަރިވަރުންނަށް ހޯދައިދެއްވާފައިވާ ބޭފުޅެކެވެ.

ޝަރަފްވެރިކަމުގެ އިނާމް ހާސިލްކުރެއްވި ފަރާތްތައް އިމާމް އެރުވުމުގެ ތެރެއިން... ފޮޓޯ ރައީސް އޮފީސް

އިމާރާތް ކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމް ހާސިލްކުރެއްވި މުހައްމަދު މައުރޫފް ޖަމީލަކީ ރާއްޖޭގެ އިމާރާތްކުރުމާއި އިމާރާތް ފަރުމާ ކުރުމުގެ ދާއިރާއިން ވަރަށް ގިނަ ހިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޖަމީލަކީ ކުރާ ކޮންމެ ކަމެއް އިހްލާސްތެރި ކަމާއެކު ކުރައްވާ ރައްޔިތުންގެ އިހްތިރާމާއި ލޯބި ހޯއްދަވާ ބޭފުޅެކަމަށް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ޖަމީލަކީ އާކިޓެކްޓަރ، ޓީޗިންގ އަދި މެނޭޖްމެންޓ ގެ ދާއިރާއިން 40 އަހަރަށް ވުރެ ގިނަ ދުވަހަށް ހިދުމަތް ކުރައްވާ އަދި އެދާއިރާ ތަކުން ގިންގުން ތަޖުރިބާ ލިބިވަޑާއިގެންފައިވާ ބޭފުޅެކެވެ. މައުރޫފް ޖަމީލަކީ ކޮރަލްސްޓޯން އާކިޓެކްޗރ ދާއިރާއިން ދުނިޔޭގެ ފެނަވަރުގައި ފާހަގަކޮއްލެވޭ ބޭފުޅެކެވެ.

ޝަރަފްވެރިކަމުގެ އިނާމް ހާސިލްކުރެއްވި މައުރޫފް ޖަމީލް... ފޮޓޯ ރައީސް އޮފީސް

ޕާފޯމިން އާޓްސްގެ ދާއިރާ އިން ލަވަ ކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިލެއްވި އަދި 48 އަހަރު ހިދުމަތުގައި ދެމިހުރި މަޝްހޫރު މިއުޒީޝަން މަރުހޫމް މުހައްމަދު މާޖިދު (މެޒޯ މޯޑު) އަށް މީގެ ކުރިން ވަނީ 2010 ވަނަ އަހަރު ޕާފޯމިން އާޓްސްގެ ދާއިރާ އިން ލަވަކިޔުމާއި މިއުޒިކް ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކޮށްފައެވެ. "އަލްމަރްހޫމް މުހައްމަދު މާޖިދަކީ، މިޔުޒީޝަނެއްގެ ކިބައިގައި ހުންނަންޖެހޭ ރަނގަޅު ސިފަތަކެއް ހުރި އަދި އެހެން މިޔުޒީޝަނުންނަށް އިހުތިރާމު ކުރެއްވި ބޭފުޅެކެވެ. މާޖިދަކީ ދިވެހިން ބަލައިގަތް، ދިވެހިވަންތަ މިޔުޒިކް އުފެއްދެވި އާދަޔާ ހިލާފު މިޔުޒިކީ ފަންނާނެއްކަމަށް ގިނަ ބަޔަކު ގަބޫލްކުރާ ފަންނާނެކެވެ. އާއިލާގެ ފަރާތުން އިނާމާ ހަވާލުވީ ދަރިފުޅު މީރާ މުހައްމަދު މާޖިދު އެވެ.

ޝަރަފްވެރިކަމުގެ އިނާމް ހާސިލްކުރެއްވި މަރްހޫމް މެޒޯ މުހައްމަދުގެ ފަރާތުން އިނާމާ ހަވާލުވުން... ފޮޓޯ ރައީސް އޮފީސް

މި ތިން ފަރާތަށްވެސް އިނާމާއި ލިޔުން އަރުވާފައިވަނީ އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.