ރައީސް ޑރ.މުއިއްޒު ހދ.ނާވައިދޫގައި ވާހަކަދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Aug 2025 | 12:07
ހދ.އަތޮޅުގައި ޓޫރިޒަމް ފައްކާކުރުމަށް ގޮތްތަކެއް ހޯދައިފިން: ނަތީޖާ ފެންނާނެ: ރައީސް

ހދ.އަތޮޅުގައި ޓޫރިޒަމް ފައްކާކުރާނެ ގޮތްތަކެއް ސަރުކާރުން ހޯއްދަވާފައިވާކަމަށާއި، އޭގެ ނަތީޖާ ފެންނާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނައިވާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ހދ.އަތޮޅުގައި ޓޫރިޒަމް ތަރައްޤީވެފައި ނެތުމުގެ މައްސަލައަށް ސަރުކާރުން ހައްލު ގެންނާނޭކަމަށާއި، އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެގޮތުން ސަރުކާރުންދޭ ލުއިތަކާއެކު އެ ސަހަރައްދުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރުމަށް ފުރުސަތު ހުޅުވާލުމުން އިންވެސްޓަރުންގެ ޝައުގުވެރިކަން ލިބިފައިވާަކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ހދ.އަތޮޅުގައި ޓޫރިޒަމް ނެތްކަމުގެ ލޭބަލް ނައްތާލާނެ ކަމަށާއި އެ ސަރަހައްދަކީ ފަތުރުވެރިކަމުގެ މަންޒިލެއްކަމުގައި މި ސަރުކާރުން ހައްދަވާނޭކަމަށެވެ. އެގޮތުން މިހާރުވެސް 10 ވަރަކަށް ސަރަހައްދު ޓޫރިޒަމަށް ހުޅުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން އެމްޓީޑީސީން ހދ އަތޮޅުގައި ތަރައްޤީ ކުރަމުންގެންދާ ނާގޯށި ވުޖޫދަށް ގެނައުމަށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާކަން ރައީސް ވިދާޅުވިއެވެ. ނާގޯށީގެ މަސައްކަތްތައް އަލުން ފެށުމަށް ކުަރަންޖެހޭ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާއިރު، ކުރިއަށްއޮތްތަނުގައި ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ނިޔާޒް ވިދާޅުވެފައިވަނީ، އުއްމީދަކީ އަންނަ އަހަރުގެ ފިނި މޫސުމަށް ހދ.ނާގޯށީގެ މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނައުމަށްކަމަށެވެ.

އެމްޓީޑީސީން ނާގޯށި ތަރައްޤީ ކުރަމުން އަންނަތާ 15 އަހަރު ވެފައިވާއިރު، ނާގޯއްޓަކީ ސަރުކާރުން އެމްޓީޑީސީއަށް އެންމެ ފުރަތަމަ ރިސޯޓް ތަރައްޤީކުރުމަށް ދިން ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެމްޓީޑީސީން ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް މީގެކުރިން ރަޝިއާ އަދި ދުބާއީގެ ކުންފުންޏަކާވެސް ހަވާލުކޮށްގެން ކުރިއަށްގެންދިޔައެވެ. ނަމަވެސް ފައިސާ ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އެރަށުގެ މަސައްކަތް ކުރިއަށްގޮސްފައެއް ނުވެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.