ނަތަންޔާހޫ..
ހަބަރު
26 Aug 2025 | 19:13
ނޫސްވެރިންގެ ފުރާނަ ގެއްލުވާލެވުނީތީ ވަރަށް މާފް: ނަތަންޔާހޫ

އައްޒާގެ ހޮސްޕިޓަލަކަށް އަމާޒުކޮށް އިސްރާއީލްގެ ސިފައިން ހަމަލާދީ ނޫސްވެރިންތަކެއް ޝަހީދުކޮށްލި މައްސަލާގައި ޔަހޫދީ ބޮޑުވަޒީރު މައާފަށް އެދި އެކަމަށް އެއްބަސްވެއްޖެއެވެ.

އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން އިއްޔެ ގައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާތަކެއްގައި 5 ނޫސްވެރިއެއްގެ އިތުރުން ދިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މި ހަމަލާއާ ގުޅިގެން އިސްރާއީލް ސަރުކާރަށް ކުރިމަތިވަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެން މީޑިއާ އާ ވާހަކަދައްކަމުން ނަތަންޔާހޫ ވަނީ، ނޫސްވެރިންނަށް ހަމަލާ ދެވުނުކަމަށް އެއްބަސްވެފައެވެ. އަދި މައާފަށް އެދޭކަމަށް ވަނީ ބުނެފައެވެ.

އާއްމުގޮތެއްގައި އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫއަކީ މިފަހަކަށް އައިސް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށްބޮޑަށް ދޮގުހަދާ ވެރިއެކެވެ. އެގޮތުން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުޔޯކް ޓައިމްސްއިން ޣައްޒާގެ ކުޑަކުދިން ބަނޑަށްޖެހި އަނަރޫފަވަމުންދާކަމަށް ގެނެސްދިން ހަބަރަކާ ގުޅޭގޮތުން ބުނެފައިވަނީ، އެކުދިންނަށް އެހެން ވަނީ ޖެނެޓިކް ބައްޔެއްގެ ސަބަބުންކަމަށާއި ޔުނިސެފުން ޕްރޮޕެގެންޑާ ފަތުރަމުންދާކަމަށެވެ.

އިސްރާއީލް ސިފައިން ޣައްޒާއަށް ދިން ހަމަލާތަކުގައި 189 ނޫސްވެރިންގެ ފުރާނަ ގެއްލުނުއިރު، 1،500 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރިންގެ ފުރާނަ ގެއްލުނުކަމަށް އދ އިން ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާގައި ނޫސްވެރިން ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު، މިއީ ފަހުގެ ތާރީހުގައި ނޫސްވެރިންނަށް އަމާޒުކޮށް މިފަދަ ގޮތަކަށް ފައުޖަކުން ހަމަލާތައްދިން ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން ބައިނަލްއަގްވާމީ މީޑިއާތައް ތަމްސީލުކުރާ ޖަމިއްޔާތަކުން ވަނީ އިސްރާއީލުން ނޫސްވެރިންނަށް އަމާޒުކޮށް ހިންގަމުންގެންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.