ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހއްމަދު މުއިއްޒު ކުރިބީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ރައީސް އޮފީސް
ހަބަރު
27 Aug 2025 | 11:10
ވައުދުވަނީ ކަންކަން ކުރެވޭނެކަމުގެ ޔަގީންކަން އޮތުމުން: ރައީސް

ހދ.ކުރިނބީގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތައް ވައުދާ އެއްގޮތަށް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރިނބީ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ހދ. ކުރިނބީގެ ތަރައްޤީގެ މަސައްކަތްތައް ފެށި އަންނަ އަހަރުގެ ތެރޭގައި މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ކުރިނބީގެ ތަރައްޤީއަށް ކުރިއަށްގެންދިއުމަށް ނިންމި މަޝްރުޢުތަކަށް ބަޖެޓް ހަމަޖައްސައި ކުރިއަށްދާނޭގޮތް މިހާރު ނިންމާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ކުރިނބީގެ ތަރައްޤީއަށް ސަރުކާރުން ވީ ވައުދު ފުރިހަމަކޮށްދެއްވާނޭ ކަމަށާއި، އެކަންކަމަށް ވަައުދުވެފައިވާނީ ކުރެވޭނެކަމުގެ ޔަގީންކަން އޮތުމުންކަމަށެވެ. ކުރިނބީ ބަނދަރުގެ މަސައްކަތް ރައްޔިތުން އެދުނުގޮތަށް ކުރިއަށްގެންދަވާނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާގޮތަށް ބޭރުތޮށީގެ ބޭނުންކުރެވޭނޭގޮތަށް ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭކަމަށެވެ.

މީގެ އިތުރުން އެ މަޝްރުޢުގެ މަސައްކަތާއެކު މޫދަށް އެރޭނެ ތަނަކާއި އޮޑިދޯނިފަހަރު އެހެލާތަނެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ. 

ރައީސް ކުރިނބީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

 މި ދަތުރުފުޅުގައި ވަނީ، ކުރިނބީ ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި، ސިއްޙީ މަރުކަޒުގެ އައު އިމާރަތުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައެވެ.

ސިއްހީމަރުކަޒު ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މަރުކަޒަުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް އިތުރު މުއައްޒަފުން ލައިގެން އެތަން ހިންގުމުގެ ކަންކަން ކުރިއަށްއޮތްތަނުގައި ގެންދަވާނޭނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކުޅިވަރު ދަނޑުތަކާއި، ކުނިމެނޭޖް ކުރުމުގެ މައްސަލައަށްވެސް ކުރިއަށްއޮތްތަނުގައި ހައްލު ގެންނަވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.