ޕާކިސްތާނުގައި ކޯރެއް ބަންޑުންވެ ފެންބޮޑުވެފައި... ފޮޓޯ: ޓްރިބިއުން
ހަބަރު
28 Aug 2025 | 23:50
ވިއްސާރައިގެ ސަބަބުން ޕަންޖާބު ޕްރޮވިންސުގެ އެތައްބަޔަކު އެހެން ސަރަހައްދުތަކަށް

ޕާކިސްތާނަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން އެޤައުމުގެ ޕަންޖާބް ޕްރޮވިންސްގެ ‎ 1،400އަށްވުރެ ގިނަ އަވަށުގައި ފެންބޮޑުވެ، 1.2 މިލިއަން މީހުން އެހެން ހިސާބުތަކަށް ހިޖުރަކުރަން ޖެހިއްޖެއެވެ.

‎ޕާކިސްތާނުގެ މޫސުމާ ބެހޭ އިދާރާ ޕީޑީއެމުން ބުނެފައިވަނީ، މޫސުމީ ވިއްސާރައިގެ ސަބަބުން ގިނަ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފަިއވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް 12 އިން 48 ގަޑިއިރަކީ ނާޒުކު ވަގުތުތަކެއް ކަމަށާއި، 25،000 ރެސްކިއު ޓީމްތައް މިހާރުވެސް ޕަންޖާބުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ޗެނާބް ކޯރު ބަންޑުންވުމުގެ ސަބަބުން 991 އަވަށަކަށް ގެއްލުންތައް ލިބި 769،281 މީހުންނަށް އަސަރުކޮށްފައިވާއިރު، ރާވީ ކޯރު ބަންޑުން ވުމުގެ ސަބަބުން  80 އަވަށާއި 74،775 މީހުންނަށް އެކި ވަރުގެ ގެއްލުންތައ ްލިބިފައިވާކަމަށް ޕީޑީއެމުން ވަނީ ފާހަގަޮށްފައެވެ.

‎ވިއްސާރާގައި ލިބުނު ގެއްލުންތަކުން އިންސާނުން ސަލާމަތްކުރުމުގެ އިތުރުން، 148،000 އަށްވުރެ ގިނަ ޖަނަވާރު ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށް، 234 ޖަނަވާރަށް ފަރުވާދޭން ޖެހުނުކަމަށް ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. ޕީޑީއެމުން ބުނީ މިއަދު އެކަނިވެސް 210،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާއިރު، އޭގެ ތެރެއިން 25،000 މީހުން ތިބީ ރެސްކިއު ކޭމްޕްތަކުގައި ކަމަށެވެ.

މިއަހަރުގެ ޖޫންމަހުން ފެށިގެން ޕާކިސްތާނަށް އެކި ދުވަސްތަކުގެ މަތިން ކުރަމުންދާ މޫސުމީ ވިއްސާރާގައި މިހާތަަނަށް 26،819 މީހުންގެ ފުރާނަ ގެއްލި އެތައް ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.