ކާފަ އަދި މާމައަކު، އެމީހުންގެ ކާފަ އަދި މާމަދަރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ... ފޮޓޯ: ވޮއިސް
01 Sep 2025 | 13:25
މާމަކާފަ؛ އުފާވެރި މުޖުތަމައެއްގެ ބިންގާ

މިއަހަރުގެ ޤައުމީ މާމަ ކާފަ ދުވަހުގެ ޝިޢާރަކީ "މާމަ ކާފަ: އުފާވެރި މުޖުތަމަޢެއްގެ ބިންގާ" އެވެ. މި ޝިޢާރުން އަލިއަޅުވާލަނީ އަޅުގަނޑުމެންގެ މުޖުތަމަޢުއާއި ޢާއިލާތަކަށް މާމަ ކާފައިން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކާއި އެ ބޭފުޅުންގެ މުހިންމު ދައުރަށެވެ.

މާމަ ކާފައިންނަކީ ޢާއިލާއެއްގެ އެންމެ އަސާސީ އެއް ބައެވެ. އެ ބޭފުޅުންނަކީ ޖީލުތައް ގުޅުވައިދޭ ރޫޙެކެވެ. އެ ބޭފުޅުންގެ ތަޖުރިބާގެ ބަސްތަކުން ދަރިންނާއި ކާފަދަރިންނަށް އިރުޝާދު ދެއްވައި، ދިރިއުޅުމުގެ ރިވެތި އާދަތަކާއި، އިސްލާމީ އަދި ދިވެހި ސަގާފީ ރިވެތި އާދަކާދަތައް ދަސްކޮށްދެއްވުމުގައި އުމުރުފުޅު ހޭދަކުރައްވާފައިވެއެވެ.ޢާއިލާގެ ތެރޭގައި ލޯބިވެތިކަމާއި އޯގާތެރިކަން އަދި އެއްބައިވަންތަކަން އާލާކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާ، އަޅުގަނޑުމެންނަކީ ޤާބިލު ދަރިންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް ގިނަގުނަ ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅުންނެވެ.

އެހެންކަމުން، އެ ބޭފުޅުންނަށް ލޯބިވެތިކަމާއި ޤަދަރު ދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އިޖުތިމާޢީ ވާޖިބެކެވެ. އެ ބޭފުޅުންނަށް އަޅާލައި، އެ ބޭފުޅުންގެ ބޭނުންތައް ފުއްދައިދިނުމަކީ އުފަލެއް ކަމުގައި ދެކެންޖެހެއެވެ. އެ ބޭފުޅުންގެ ޙިކުމަތާއި ތަޖުރިބާގެ ބޭނުން ހިފުމަކީ އަޅުގަނޑުމެންގެ ކުރިމަގު ބައްޓަން ކުރުމަށް ލިބޭނެ އަގުހުރި އެހީތެރިކަމެކެވެ.

ދިވެހިރާއްޖޭގެ އާބާދީއާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، އާބާދީގައި ދޮށީ އުމުރުގެ މީހުން ގިނަވަމުންދާ ދިއުމާއި، އެ ބޭފުޅުންގެ ޞިއްޙީ ޙާލަތަށް ރިޢާޔަތްކުރާއިރު، އެ ބޭފުޅުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެ ބޭފުޅުންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޢާއިލާއާއެކު އުޅުން މުހިންމެވެ. ގޭތެރޭގެ މާޙައުލުގައި ޢާއިލީ ވެއްޓެއްގެ ތެރެއިން، ޢާއިލީ ގުޅުންތައް ހަރުދަނާ މާޙައުލެއްގައި އުޅުމުގެ ފުރުޞަތު ފަހިވެފައި އޮތުން އެހާމެ މުހިންމުކަން ފާހަގަކުރެވެއެވެ.

މިކަމަށްޓަކައި، އަޅުގަނޑުމެންނަކީ ޢާއިލާތަކުގައި ތިއްބަވާ އަޅުގަނޑުމެންގެ މާމަ ކާފައިންނަށް އިޙްތިރާމްކުރާ، އެ ބޭފުޅުންނާއެކު ވަގުތު ހޭދަކުރާ، އެ ބޭފުޅުންނާ ލޯބިވެތިކަމާއެކު މުޢާމަލާތްކުރާ އަދި އެ ބޭފުޅުން ކަންކަމުގައި ޝާމިލުވެ އުޅުމަށް ހިތްވަރުދީ ބާރުއަޅާ ބަޔަކަށް ވާން ޖެހެއެވެ.

މާމަ ކާފައިން ނުވަތަ ޢާއިލާތަކުގައި ތިއްބަވާ އިސްރަށްވެހިން، މުޖުތަމަޢުގެ ހަރަކާތްތަކުގައި ބައިވެރިވެ ކަންކަމުގައި ޝާމިލުވެގެން އުޅޭނަމަ، އޭގެ ހެޔޮ އަސަރު މުޅި މުޖުތަމަޢުން ފެނިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.