އަލިފާނުގެ ޕޯސްޓަރު
ލައިފްސްޓައިލް
01 Sep 2025 | 15:39
ޑާކްރެއިނުން އެންމެ އަވަހަށް ނެރުމަށް ތައްޔާރުވަމުންދާ ފިލްމް، "އަލިފާން" ގެ ޕޯސްޓަރު ދައްކާލައިފި

ޑާކްރެއިން އެންޓަރޓައިންމެންޓުން ސިނަމާއަށް ނެރުމަށް ތައްޔާރުވަމުންދާ ފިލްމް "އަލިފާން" ގެ ޕޯސްޓްރު އާއްމުކޮށް ދައްކާލައިފިއެވެ.

އަލިފާނުގެ ޕޯސްޓަރަށް ބަލާއިރު، މިއީ ޑާކްރެއިނުން މިހާތަނަށް ނެރުނު ފިލްމްތަކާ ތަފާތު ފިލްމަކަށްވާނޭކަމަށް ބެލެވެއެވެ. ޑާކްރެއިނުން މި ފިލްމް އޮލިމްޕަހުގައި އެޅުވުމަށް ތައްޔާރުވަމުންދަނީ އަންނަ އޮކްޓޯބަރުމަހުގެ 6 ވަނަ ދުވަހެވެ. ޑާކްރެއިނަކީ ދިވެހި ސިނަމާއަށް އަބަދުވެސް ތަފާތު ޖޯންރާތަކުގެ ފިލްމްތައް ނެރެމުންދާ ޕްރޮޑަކްޝަން ހައުސްއެވެ.

ރާއްޖޭގެ އެހެނިހެން ފިލްމް ޕްރޮޑަކްޝަންތަކާ ޑާކްރެއިން ތަފާތުވަނީ މި ސަބަބަށް ޓަކައެވެ. ޑާކްރެއިނުން ނެރެމުންދާ ކޮންމެ ފިލްމަކީވެސް އެއްފިލްމު އަނެއްފިލްމާ ތަފާތު ފިލްމެކެވެ. އެގޮތުން އަލިފާނަކީވެސް މުޅިން ތަފާތު ޖޯންރާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެއްކަމަށް ޑާކްރެއިނުން ބުނެއެވެ. އެގޮތުން މި ފިލްމަކީ އެކްޝަން ތްރިލާ ޖޯންރާގެ ފިލްމެކެވ

އަލިފާނުގެ ޕޯސްޓަރު

އަލިފާން، މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ކުލަދާނަ އެކްޓަރު ރަވީ ފާރޫގާއި، ތަޖްރިބާކާރު އެކްޓްރެސް ޝީލާ ނަޖީބް ހިމެނެއެވެ. މީގެ އިތުރުންމިހާރު ދިވެހި ސިނަމާގައި އެންމެ ވިދުންގަދަކަމަށް ގިނަ ބަޔަކު ގަބޫލްކުރާ ޝަރަފް ހިމެނެއެވެ. މީގެ އިތުރުން މި ފިލްމުގައި ޖޭމް އައްލޯ އާއި އާދަމް ރިޒްވީ، މައިހާ އާދަމް، އާއިމިނަތް ސުހާ، މޫސާ އަލީފް، މުހައްމަދު ފައިސަލްގެ އިތުރުން މުހައްމަދު ހާޒިފް ހިމެނެއެވެ.

އާއިޝަތު ފުއާދު އަދި މޮގަރ ޕްރޮޑިއުސްކުރާ ފިލްމްގެ ވާހަކަ ލިޔުނީ، އަހުމަދު ތޮލާލް އެވެ. އެޑިޓް އަދި ޑައިރެކްޓަރަކީ ރަވީ ފާރޫގްގެ އިތުރުން އަލީ ޝިފާއުއެވެ. މި ފިލްމްގެ މަންޒަރުތައް ފުރިހަމަ ވުމުގައި ރިއާލިޓީ ޕްރޮޑިއުސަރެއްކަމަށްވާ ވިޝާލް ޒަކީގެ އިތުރުން އަހުމަދު ޒިފާފްގެ މަސައްކަތް ފާހަގަކޮށްލެވޭއިރު، މޭކަޕް އާޓިސްޓަކީ ހަސަން އާދަމް އެވެ.

ޑާކްރެއިނުން މީގެ ކުރިން ނެރުނު ތްރިލާ ފިލްމެއްގެ ގޮތުގައި 'ފުރޭތަ" ފެނިގެންދިޔައިރު، އަލިފާނަކީ އެ ފިލްމާ މުޅިން ތަފާތު ފިލްމެއްކަމަށް ޑާކްރެއިނުން ބުނެއެވެ. މިގޮތުން މި ފިލްމަކީ ހާއްސަގޮތެއްގައި ތަފާތު ފިލްމެއް ބަލާލަން ބޭނުންވާނެ ޒުވާނުންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނޭކަމަށް ޑާކްރެއިނުން ބުނެއެވެ. މި ފިލްމުގައި ނޭވާ ހިފަހައްޓާލަންޖެހޭނެ މަންޒަރުތައް ފެނިގެންދާއިރު، އެ މަންޒަރުތަކީ މީގެކުރިން ދިވެހި ސިނަމާއިން މުޅިން އަލަށް ފެނިގެންދާނޭ މަންޒަރުތަކަކަށް ވާނޭކަމަށްވެސް ޑާކްރެއިނުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.