ނިރުބަވެރިކަމަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް: މޯދީ

08 Jun 2019 | 21:31

ނިރުބަވެރިކަމަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެެއެވެ.

މޯދީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީޚާއި މުޚާތަބުުކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ނިރުބަވެރިކަމަކީ އަދުގެ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށާއި އެއީ ވަކި ގައުމަކަށް، ވަކި ދީނަކަށް އޮތް ގޮންޖެހުމެއް ނޫންކަމަށް ފާހަގަކުރައްވާފައެވެ. މޯދީ ވިދާޅުވީ އެކަމަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.

މޯދީ އިތުރަށް ވިދާޅުވީ ތަފާތު ދެ މިންގަނޑަކުން ނިރުބަވެރިން މިން ކުރެވޭ ކަމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށާއި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން އެކުވެރިވެ، ނިރުބަވެރިކަމާއި ހަނގުރާމަ ކުރަންޖެހޭކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ މި ނުރައްކާތެރިކަމުގެ ސަބަބުން މީހެއްގެ ފުރާނަ ނުދާ ދުވަހެއް ނާންނަކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތައް ފޯރުކޮށްދެނީ ދައުލަތްތަކުންކަން ފާހަގަކޮށް މޯދީ ވަނީ ސްޓޭޓް ސްޕޮންސަރޑް ޓެރަރިޒަމްއަކީ ނިރުބަވެރިކަމުގެ އެންމެ ނުރައްކާތެެރި ބާވަތްކަން ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް