ޓީޓީއެމް ގާލާ
ހަބަރު
30 Aug 2025 | 17:10
ނިމިގެންދިޔަ ޓީޓިއެމް ފެއާގައި އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ދައުރު އެލައިޑުން ކަށަވަރުކޮށްފި

ދިވެހިރާއްޖޭގެ އެންމެބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސްއިން ޓީޓީއެމް މޯލްޑިވްސް 2025 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ދައުރު އަލުން ކަށަވަރުކޮށްފިއެވެ.

މިގޮތުން، ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް ޝޯގެ މުހިންމު ދެ ހަރަކާތް ކަމުގައިވާ ޓީޓީއެމް އެވޯޑްސް އެންޑް ގަލާ 2025 އަދި ޓީޓީއެމް ކަނެކްޓް މީޓިންގްސް 2025 އަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އޯގަސްޓް 28 ވަނަ ދުވަހު އަދަރާން ސިލެކްޓް ހުދުރަންފުށީގައި ބޭއްވުނު ޓީޓީއެމް އެވޯޑްސް އެންޑް ގަލާގައި ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ 28 އެވޯޑް ކެޓަގަރީން އެވޯޑްތައް ލިބުނުފަރާތްތައް ވަނީ ހޮވާފައެވެ. 

އޯގަސްޓް 27-28 ގައި ބާސެލޯ ނަސަންދުރާ މާލޭގައި ބޭއްވުނު ޓީޓީއެމް ކަނެކްޓް މީޓިންގްސް 2025 ގައި 500 އަށްވުރެ ގިނަ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާއި 100 އަށްވުރެ ގިނަ ހޮޓެލިއަރުން ބައިވެރިވިއެވެ. އަދި 3،000 އަށްވުރެ ގިނަ ކުރިން ޝެޑިއުލްކުރެވިފައިވާ ބައްދަލުވުންތައް ބާއްވާފައިވެއެވެ. މި ބައްދަލުވުންތަކުން، އެއްބާރުލުމާއި، ވިޔަފާރި ކުރިއެރުވުމަށް މުހިންމު ފުރުސަތުތަކެއް ފަހިވެގެން ގޮސްފައިވެއެވެ.

އެލައިޑް އިންޝުއަރެންސްގެ ސޭލްސް ޓީމްތައް މި އިވެންޓުގައި ޙަރަކާތްތެރިކަމާއެކު ބައިވެރިވެ، އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއެކު މުހިންމު މަޝްވަރާތައް ކުރުމާއި ގުޅުންތައް ބަދަހިކޮށްފައިވެއެވެ. މިކަމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާގެ އިތުބާރުހުރި ޕާޓްނަރެއްގެ ގޮތުގައި އެލައިޑްގެ ދައުރު އިތުރަށް ހަރުދަނާވެގެން ދިޔަކަމަށް އެލައިޑުން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.