ޮމޯދީއަށް ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީގެ ކޮޕީއެއް އަރުވައިފި

08 Jun 2019 | 23:11

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދިވެހިރާއްޖޭގެ ފުރަތަމަ ތަސްދީގުކުރެވުނު ގާނޫނުއަސާސީގެ ކޮޕީއެއް އަރުވައިފިއެވެ.

މޯދީއަށް މިކޮޕީ ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެބޭފުޅާއަށް މި ކޮޕީ ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ އެކުލަވާލެވުނު ގާާނޫނުއަސާސީ އެކުލަވާލެވުނީ 1932ވަނަ އަހަރުގައި ކަމަށާއި ރައްޔިތުންގެ މަޖިލީހެއް އުފަންވެގެންއައީ އެ ގާނޫނުއަސާސީގެ ތެރެއިންކަމަށެވެ.

ގާނޫނުއަސާސީއެއް އެކުލަވާލުމަކީ ގާނޫނުތައް އެކަށައަޅާ 20 ވަނަ ގަރުނުގެ ދައުލަތް ޒަމާނީކުރުމަށް އެޅުނު ފިޔަވަޅެއްކަމަށެވެ.

ރައީސް ނަޝީދު އިތުރަށްވަނީ މޯދީއަށް މިއަދު އެރުވުނު ކޮޕީގައި އޭރުގެ ޝަމްސުއްދީން ރަދުންެގެ ސިއްކަ ހިމެނިފައިނުވާނެކަމަށް ފާހަގަކުރައްވާފައެވެ. ސަބަބަކީ ސިއްކައާއި އެކުގައިވީ ކޮޕީ ގުޅަކުއޭ ފަސްގަނޑަށް އެއްވި އާންމުން އިރާލާފައިވާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް