ބީއެމްއެލްގެ މުވައްޒަފުން މަޑުމަޑުން މުޅި ރާއްޖެ ސާފުކުރަނީ

09 Jun 2019 | 12:55

އަޅުގަނޑުމެން ވަށައިގެންވާ ތިމާވެއްޓަކީ އަޅުގަނޑުމެންގެ މިލްކެކެވެ. އެ މިލްކުން ފައިދާ ލިބިގަނެ ރައްކާތެރިކުރުމަކީ އެންމެންގެވެސް ޒިންމާއެެކެވެ. އިންސާނީ ތަބިއްޔަތު ހުންނަގޮތުން ބައެެއް ފަހަރުގައި އަޅުގަނޑުމެންގެ މިލްކުތަކާއި މެދު ފަރުވާކުޑަކޮށްލެވޭތަން އާދެއެވެ. އެ މިލްކު ގެއްލިދާނެ ފަދަ އެތައް އަމަލެއް، އެނގުމާއި ނޭނގުމުގެ ތެރެއިންެވެސް ކުރެއެވެ.

ތިމާވެއްޓަށް ކުނި އުކުމަކީ މިފަަދަ އަމަލެއްގެ މިސާލެކެވެ. ފުރިހަމަ މިލްކުގައި އަމާނާތެއް އޮއްވާ، އެ އަމާނާތަކަށް ވަރަށް ބޮޑަށް ޚިޔާނާތްތެރިވެފައިވާ ކަމެކެވެ. ތިމާވެށި ހަލާކުގެ ތެެރެއަށް މި ހުށައެޅެނީ އަޅުގަނޑުމެންގެ އަމިއްލަ އަތުން އެއްލާލެވޭ ކުނިބުނި ފަދަ ތަކެތިންނެވެ.

ނަމަވެސް މިފަދަ ކަންކަމުން ލިބޭ ގެއްލުންތައް މަދުކޮށް، އެކަންކަން ކުރުން ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތައް ފަދައިން އަޅުގަނޑުމެންގެ ޖަޒީރާރާާއްޖޭގައިވެސް މިދަނީ ގިނަގުނަ ކަންތައްތަކެއް ކުރެވެމުންނެވެ. އެގޮތުން ދިވެހިންގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ހީވާގި މުވައްޒަފުން ކުރަމުންދާ ކަންކަަމަކީ ފާހަގަކޮށްލެވޭ ކަންކަމެވެ.

ބީއެމްއެލްެގެ މުވައްޒަފުން ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އީދު ޗުއްޓީގައި ޚާއްސަކަމެއް ހިންގާފައެވެ. އެގޮތުން ސޯޝަލް މީޑިޔާގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެންވަނީ ޓްރޭޝްޓެގްއެމްވީގެ ނަމުގައި މުހިންމު ހަރަކާތެއް ބާއްވާފައެވެ. މި ހަަރަކާތުގެ ދަށުން ބޭންްކްގެ މުވައްޒަފުން މި ފިތުރު އީދު ޗުއްޓީގައި ދަތުރުކުރި ތަންތަނުގެ ގޮނޑުދޮށްތަކާއި އެހެނިހެން ތަންތަން، އެފަރާތްތަކުގެ އާއިލާއާއި ރަހުމަތްތެރިންނާއި އެކު ސާފުކޮށްފައެވެ.

މި ފަރާތްތަކުން ތިމާވެށި ސާފުކުރުމަށްފަހު ކުރިއާއި މިހާރު އަޅާކިޔާ ފޮޓޯތައްލުމުން، ގިނަބަޔަކު ވަނީ އާންމުން ކުނިއަޅާ މިންވަރާއި މެދު ކަންބޮޑުުވުންތައް ފާޅުކޮށްފައެވެ.

އަދި ގިނަބަޔަކު ވަނީ ބީއެމްއެލްގެ މުވައްޒަފުންގެ މި ހަރަކާތަށްްވެސް ތައުރީފްކޮށްފައެވެ.

Advertisement

ކޮމެންޓް