މާލީ ވުޒާރާ..
ހަބަރު
05 Sep 2025 | 11:53
ރާއްޖޭގެ ޖުމްލަ ދަރަނި 148.9 ބިލިއަން ރުފިޔާއަށް އަރައިފި

މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި 148.9 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ކުއާޓަރލީ ޑެޓް ބްލެޓިން ރިޕޯޓްގައިވާގޮތުން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަންޏަކީ 148.96 ބިލިއަން ރުފިޔާއެވެ. ރާއްޖޭގެ ދަރަނީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ރާއްޖޭގެ އެތެރެއިން ނަގާފައިވާ ދަރަންޏެވެ. އެގޮތުން އެތެރޭގެ ދަރަނި 86.6 ބިލިއަން ރުފިޔާގައި އުޅޭއިރު ބޭރުގެ ދަރަނި އުޅެނީ 62.3 ބިލިއަން ރުފިޔާގައެވެ.

އެތެރޭގެ ދަރަންޏަށް ބަލާއިރު އެންމެބޮޑު އަދަދެއް ހިއްސާކުރަނީ ކޮމާޝަލް ބޭންކްތަކަށް ދޭންޖެހޭ ފައިސާއެވެ. އެގޮތުން ބޭންކްތަކަށް ދައްކަންޖެހޭ ދަރަނީގެ އަދަދު 34.6 ބިލިއަން ރުފިޔާއަށް އަރާއިރު، އެހެނިހެން މާލީ ކުންފުނިތަކަށް ދައްކަންޖެހޭ އަދަދު 31 ބިލިއަނ ރުފިޔާއަށް އަރައެވެ. އަދި މަރުކަޒީ ބޭންކަށް ދަރާފައިވާ ދަރަނި 15.1 ބިލިއަން ރުފިޔާއަށް އަރައެވެ.

ބޭރުގެ ދަރަނީގެ ތެރެއިން އެންމެބޮޑު އަދަދެއް ދައްކަންޖެހެނީ އިންޑިއާގެ ބޭންކުތަކަށެވެ. އެގޮތުން އިންޑިއާގެ އެކްސްޕޯޓް އޮމްޕޯޓް ބޭންކް އޮފް އިންޑިއާއަށް 9.2 ބިލިއަން ޑޮލަރު ދޭންޖެހޭއިރު، ދެވަނައަށް އެންމެބޮޑު އަދަދެއް ހިއްސާކުރަނީ ދައުލަތުން ވިއްކި ބޮންޑްތަކަށް ދައްކަންޖެހޭ އަދަދެވެ. އެއީ 7.7 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޗައިނާގެ ބޭންކްތަކަށްވެސް 7 ބިލިއަނަށްވުރެ ގިަނ ރުފިޔާ ދަރާފައި އެބައޮތެވެ.

ކުރީ ސަރުކާރުތަކުން ވާރުވަވަމުން އައި ދަރަންޏާއެކު ރާއްޖޭގެ ޖުމްލަ ދަރަނި 148 ބިލިއަން ރުފިޔާއަށް އަރާއިރު، އަންނަ އަހަރު ބޭރުގެ ދަރަނިތައް އަދާކުރަން ސަރުކާރަށް ބިލިއަނުން ހޭދަކުރަން ޖެހޭނޭކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި ބޭރުގެ އެކި ފަރާތްތަކަށް ދަރަނި އަދާކުރުމަށް 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަކުރަން ޖެހޭނޭކަމަށް މާލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.