ހަނދުކޭތައެއް
ހަބަރު
06 Sep 2025 | 12:18
މީހުން ދިރިއުޅޭ ރަށްތަކުގައި މާދަމާ ރޭ ކޭތަ ނަމާދު ކުރުން އޮންނާނެ: އިސްލާމިކް މިނިސްޓްރީ

މާދަމާ ރޭ ހިފުމަށް ހަމަޖެހިފައިވާ ކޭތަ ނަމާދުކުރުމުގެ ފުރުސަތު ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކުގައި އެދިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ، މާދަމާރޭ ހަނދުކޭތަ ހިފާނޭކަމަށާއި، ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން އެ ރޭގެ 08:28 ގައިކަމަށެވެ. އެގޮތުން ކޭތަ އެންމެބޮޑަށް ހިފާފައި ހުންނާނީ އެރޭގެ 11:11 ގައިކަމަަށެވެ. އަދި ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން އެރޭގެ މެންދަމު އަލިވެ. 01:55 ގައިކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ރައްޖޭގެ މީހުން ދިރިއުޅެމުންދާ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މާދަމާ ރޭގެ 11:12 ގައި ކޭތަ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކައުންސިލްތަކުގައި އެދިފައެވެ. އެގޮތުން ކޭތަ ނަމާދުގެ ހުތުބާ މާދަމައިން ފެށިގެން މިނިްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނޭކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މާދަމާ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަނދުކޭތަ ހިފާއިރު، ރާއްޖެއަށް ބްލަޑް މޫނެއް ފެންނަން ހުންނާނެއެވެ. 

ކޮމެންޓް
ކޮރަކަލި
ކޭތަނަމާދުގެ ވާހަކަނުދައްކާ ރާއްޖެތެރޭގެ ރައްޔިތުން ކަނު އަދި ރިން ސަލާމަތް ކޮށްދިނުމަށް ވާހަކަ ދައްކަން އުޅެބަލަ
06 Sep 2025
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.