އިޒްރޭލުގެ ނިރުބަވެރި ބޮޑު ވަޒީރު ބެންޖަމިން ނަތެންޔާހޫ -- ފޮޓޯ: އޭޕީ
ދުނިޔެ
07 Sep 2025 | 09:20
ޕްރޮޕަގެންޑާ ފަތުރަން އިޒްރޭލުން ގޫގުލް އަދި ޔޫޓިއުބްއަށް އެތައް މިލިއަން ޑޮލަރެއް ދިން ކަމުގެ ތުހުމަތު

ޔަހޫދީ ނިރުބަވެރި ދައުލަތް، އިޒްރޭލުގެ ޕްރޮޕަގެންޑާ ފަތުރަން ގޫގުލް އަދި ޔޫޓިއުބްއަށް 45 މިލިއަން ޑޮލަރު ދިން ކަމުގެ ލިޔެކިޔުންތަކެއް ފެންމަތިވެއްޖެއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުން، އިޒްރޭލުގެ ސަރުކާރުގެ އެކި ވާހަކަތަކާއި ޕްރޮޕަގެންޑާތައް ފަތުރަން އިޒްރޭލުން ވަނީ "ހަސްބަރާ"ގެ ނަމުގައި ކެމްޕެއިނެއް ލޯންޗުކޮށްފައެވެ. އެ ކެމްޕެއިނުގެ ދަށުން އިޒްރޭލުން ވަނީ ދުނިޔޭގެ ހަތަރު ބޮޑު ކުންފުންޏަކަށް، އެތައް މިލިއަން ޑޮލަރު ދީފައެވެ. 

އެގޮތުން އެންމެ ބޮޑު އަދަދެއް ދީފައިވަނީ ގޫގުލްއަށެވެ. ގޫގުލްއަށް 27 މިލިއަން ޑޮލަރު ދީފައިވާއިރު، ޔޫޓިއުބްއަށް 18 މިލިއަން ޑޮލަރު، އެކްސް ނުވަތަ ކުރީގެ ޓުވިޓާއަށް ތިން މިލިއަން ޑޮލަރު އަދި ފްރާންސުގެ މަޝްހޫރު ތެޑްސްއަށް ދެ މިލިއަން ޑޮލަރު ވަނީ ދީފައެވެ.

އެ ކެމްޕެއިނުގެ ތެރެއިން ހުސްވި ޖުލައި މަހު، އިޒްރޭލުގެ ޚާރިޖީއާ ބެހޭ ވުޒާރާއިން ޔޫޓިއުބްގައި ބައެއް ވީޑިއޯތައް ކުރިއިރު، އޭގެ ތެރެއިން އެއް ވީޑިއޯގައި ޣައްޒާގައި ކާބޯތަކެތި ތިބި ކަމަށާއި، ބަނޑުހައި ހޫނުކަން ނެތް ކަމަށް ބުނެފައިވެއެވެ. އަދި އެނޫން ގޮތަކަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް އެ ވީޑިއޯގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް ޣައްޒާގެ ބަނޑުހައި ހޫނުކަމުގެ ޙާލަތު އެންމެ ގޯސްކަމަށް އދ އިން ކަނޑައަޅާފައިވަނީ ވެސް އެ މަހުއެވެ.

އަދި ގޫގުލް މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދގެ އުންރުވާއާ ދެކޮޅަށް ވެސް އިޒްރޭލުން މިދިޔަ އަހަރު ކެމްޕެއިނެއް ހިންގިކަން ވެސް ފާހަގަކޮށްލެވެއެވެ. އަދި އެ އަހަރުގެ ތެރޭގައި އުންރުވާއިން ޣައްޒާގައި ހަރަކާތްތެރިވުން މަނާކޮށް، އުންރުވާގެ ދަށުން ޣައްޒާގެ ރައްޔިތުން ދިރިއުޅުނު ގިނަ ތަންތަނަށް އިޒްރޭލުން ޙަމަލާ ވެސް ދީފައިވެއެވެ. އެ ޙަމަލާތަކުގައި އުންރުވާގެ ބައެއް މަސައްކަތްތެރީން ވެސް ވަނީ ޝަހީދުވެފައެވެ.

ގޫގުލް އަދި ޔޫޓިއުބް ފަދަ ބޮޑެތި ކުންފުނިތަކަށް އަމާޒުކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެ ކުންފުނިތަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް ޣައްޒާގެ ޙާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާއިރު، މިހާތަނަށް ބަނޑުހައި ހޫނުކަމުގައި އެކަނިވެސް 360 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 130 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ޙަމަލާތަކުގައި މިހާތަނަށް 64,300 ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް