އަންގާރަ ދުވަހުން ފެށިގެން ހުރިހާާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ލިބޭނެ!

09 Jun 2019 | 19:27

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާއި އެއްގޮތަށް، އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭނެކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގައި ހުރި 213 ސްކޫލުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭ ޕްރޮގްރާމު އަންނަ އަންގާރަ ދުވަހު ފެށޭނެ ކަމަށެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ސައި ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ނާސްތާ ޕެކޭޖްތައް ތައްޔާރުކޮށްފައިވަނީ ޔުނިސެފްގެ އެހީއާއެކުއެވެ.

މެނޫގައި ހިމެނޭ ތަކެތި

1: ރޮށި، ބިސްގަނޑު ކިރު

2: ރޮށި، ފަތު މަސްހުރި، ކިރު

3: ރޮށި، ތަރުކާރީ މަސްހުނި، ކިރު

4: ރޮށި، ބަރަބޯ މަސްހުނި، ކިރު

5: ރޮށި، ބަށި މަސްހުނި، ކިރު

6: ބޭކަޑް ބީންސް، ރޯލް، ކިރު

7: ބިސް، ސޭންޑްވިޗް، ކިރު

8: ޓޫނާ، ސޭންޑްވިޗް، ފެން، ކިރު

9: ޗީޒް ސޭންޑްވިޗް، ކިރު

10: ޕާން، ޕީނަޓް ބަޓާ، ކިރު

Advertisement

ކޮމެންޓް