އީރާނުގެ ރޫޙާނީ ލީޑަރު ޙާމަނާއީ
ދުނިޔެ
07 Sep 2025 | 15:12
ޔޫރަޕުގެ ފިޔަވަޅުތަކާއެކު އެންޕީޓީން ވަކިވުމަށް އީރާނުން ވިސްނަނީ

ހަތިޔާރުގެ ގޮތުގައި ނިއުކްލިއާ އުފެއްދުންތައް މަދުކުރުމަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ބައިނަލްއަޤްވާމީ ޖަމިއްޔާއެއްކަމަށްވާ، ނިއުކްލިއަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) އިން ވަކިވުމަށް، ބިލެއް ހުށަހެޅުމަށް އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގައި މަޝްވަރާކުރަން ފަށައިފިއެވެ.

މި މަޝްވަރާތައް ފަށާފައިވަނީ މީގެ ހަފްތާތަކެއް ކުރިން އިޒްރޭލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.

އީރާނުގެ މި ނިންމުމަށް މަގުފަހިވެފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމުތަކުގެ ތެރެއިން ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުން "ސްނެޕްބެކް" މެކޭނިޒަމް އެކްޓިވޭޓްކޮށް، އދ. ގެ ދަށުން އީރާނަށް ދެމުންއައި ލުއިތައް ހުއްޓާލަން ނިންމުމާއި ގުޅިގެންނެވެ. އީރާނުގެ އިސްވެރިން ބުނާ ގޮތުގައި މިއީ 2015 ވަނަ އަހަރު ވެވުނު ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ ނިއުކްލިއަ އެއްބަސްވުމާ ޚިލާފު ކަމެކެވެ.

އެއާއެކު އީރާނުގެ މަޖިލީހުގައި ހިމެނޭ ގިނަ މެންބަރުންނާއި ހަރުކަށި ސިޔާސަތުތަކަށް ތާއީދުކުރާ ސިޔާސީ ވެރިން ދެކޭގޮތުގައި، އެންޕީޓީން ވަކިވުމަކީ ބައިނަލްއަޤްވާމީ މުޖުތަމައު އިން އީރާނާމެދު ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތުތަކަށް ދެވޭނެ އެންމެ ރަނގަޅު ޖަވާބެވެ. ޖޫން މަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދެވުނު ހަމަލާތަކާ ގުޅިގެން މި ގޮވާލުން ވަނީ އިތުރަށް ބާރުވެފައެވެ.

އެންޕީޓީން އީރާނު ވަކިވެއްޖެނަމަ، އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން އީރާނުގެ ނިއުކްލިއަރ ހަރަކާތްތައް މޮނިޓާކުރުމުގެ ބާރު ގެއްލި، ބައިނަލްއަޤްވާމީ ނިއުކްލިއާ ނުރައްކާތެރިކަން ހުއްޓުވުމުގެ ނިޒާމަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް  މާހިރުން ލަފާކުރެއެވެ. މީގެ އިތުރުން، ސަރަޙައްދީ ކަންބޮޑުވުންތައް އިތުރުވެ، އެހެން ގައުމުތަކުން ވެސް އެމީހުންގެ ނިއުކްލިއާ ސިޔާސަތުތައް އަލުން މުރާޖަޢާކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

ނަމަވެސް، އެންޕީޓީން ވަކިވާނެކަމުގެ އިންޒާރަކީ ޔޫރަޕާއި އެހެނިހެން ފަރާތްތަކަށް ފޯރުކޮށްދޭން ބޭނުންވާ ޕްރެޝަރެއް ކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް