އެމެރިކާގައި ދިރިއުޅެމުންދާ ނޭޕާލް މީހުން އެއްވުމެއްގައި... ފޮޓޯ: ރޫޓިން
ދުނިޔެ
09 Sep 2025 | 07:56
އެމެރިކާގައި ތިބި ނޭޕާލްގެ ރައްޔިތުންވެސް އެންމެފަހުން އެއްވުމަކަށް ނިކުމެއްޖެ

ނޭޕާލްގައި ޖެންޒީން ކުރަމުންގެންދާ މުޒާހަރާތަކަށް ތާއީދުކުރުމުގެ ގޮތުން އެމެރިކާގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ނޭޕާލް ރައްޔިތުން މަގުތަކަށް އެއްވުމަކަށް ނިކުމެއްޖެއެވެ.

ނޭޕާލްގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބޭނުންނުކުރެވޭގޮތަށް ސަރުކާރުން ނިންމުމާއި، އަދި ސަރުކާރުގެ ވެރިން ކޮރަޕްޝަނާ ދެކޮޅަށް އެޤައުމުގެ ޖެންޒީން ވަނީ ކަތަމަންޑޫގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ފަށާފައެވެ. މި މުޒާހަރާތައް ހޫނުވެ، 19 މީހަކު މަރުވެފައިވާއިރު، 400 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އެމެރިކާގައި ދިރިއުޅެމުންދާ ނޭޕާލަށް ނިސްބަތްވާ ރައްޔިތުން ޖެންޒީންގެ ހަރަކާތްތަކަށް ތާއީދުކުރުމުގެ ގޮތުން އެއްވުމެއް ރޭ ބާއްވާފައިވާއިރު، އެމީހުން ވަނީ އެ އެއްވުމުގައި މަރުވެދިޔަ މީހުނަށް އިންސާފް ހޯދައިދިނުމަށް ގޮވާލާފައެވެ. މީގެ އިތުރުން ސަލާމަތީ ބާރުތަކުން ހައްދެއްނެތް މިންވަރަށް ޒުވާނުންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ނޭޕާލްގެ މުޒާހަރާތައް ހޫނުވެ އެންމެފަހުން ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާނުކޮށްފައިވާއިރު، އަދިވެސް މުޒާހަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ޖެންޒީން ފަށާފައިވާ މުޒާހަރާތައް ހޫނުވު، ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން އެޤައުމުގެ ދާހިލީ ވަޒީރު ރަމޭޝް ލެހާކް އިއްޔެ ވަނީ އިސްތިއުފާ ދެއްވާފައެވެ.މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ދާހިލީ ވަޒީރު އިސްތިއުފާދެއްވުމުގެ މައިގަނޑު ސަބަބަކީ މޫޒާހަރާތައް ހޫނުވެ، މީހުންގެ ފުރާނަ ގެއްލުމާއި، އާއްމުންގެ މުދަލަށާއި، އެނޫންވެސް ބޮޑެތި ގެއްލުންތައް ވާން ފެށުމުންނެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބަންދުކުރުމާ ދެކޮޅު ހެދުމުގެ އިތުރުން ޖެންޒީން މަގުތަކަށް ނިކުތީ ސަރުކާރުގެ އޮފިޝަލުން ޒިންމާދާރުކުރުވުމަށް ގޮވާލާ ކެމްޕެއިނެއް ކުރިއަށްގެންދިއުމަށެވެ. ނަމަވެސް ވަކި ހިސާބަކުން ސުލްހަވެރި އިހުތިޖާޖުކުރުން މުޒާހަރާތަކަށް ބަދަލުވެ، އެންމެފަހުން މުޒާހަރާތައް ވަނީ ކަތަމަންޑޫގެ އެކި ހިސާބުތަކަށް ފެތުރިގެން ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް