ނޭޕާލްގައި ކުރިއަށްދާ މުޒަހަރާ.. ފޮޓޯ: ސޯޝަލް މީޑިއާ
ދުނިޔެ
09 Sep 2025 | 10:51
ސޯޝަލް މީޑިއާ އިއާދަކުރިނަމަވެސް ނޭޕާލްގައި މުޒާހަރާތައް ކުރިއަށް

ސަރުކާރުން ސޯޝަލް މީޑިއާ އަލުން އިއާދަކުރިނަމަވެސް ނޭޕާލްގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓާނުލާނޭކަމަށް މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ފެށި މުޒާހަރާ ހޫނުވެގެންގޮސް އެންމެފަހުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ 19 މީހަކު މަރުވެ، އެތައްބަޔަކަށް އަނިޔާވެފައެވެ. މުޒާހަރާ ހޫނުވެ އެންމެފަހުން ބަޔަކު މަރުވުމާ ގުޅިގެން ނޭޕާލް ސަރުކާރުން ރޭގެ ވަގުތެއްގައި ވަނީ ސޯޝަލް މީޑިއާ އަލުން ބޭނުންކުރެވޭގޮތް ހަދާފައެވެ. 

މިކަމާ ގުޅޭގޮތުން ޖެންޒީ މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ސޯޝަލް މީޑިއާ އަލުން އިއާދަކުރިނަމަވެސް މުޒާހަރާތައް ހުއްޓާލުމެއްނެތް ކަމަށާއި، ގެއަށް ވަންނާނީ ކޮރަޕްޓް މުއައްސަސާތަކުގައި ތިބިވެރިން އިސްތިއުފާދިނުމުންކަމަށެވެ. މުޒަހަރާގެ ބައިވެރިން މިއަދު ހެނދުނު ވަނީ ބޮޑުވަޒީރު ކޭޕީ ޝަރުމާ ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެފައެވެ. މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރުގެ ގެކޮޅުކައިރިއަށް އެއްވުމަށްފަހު ގޮވަމުންދިޔައީ އެމީހުންގެ ޑިމާންޑްތަކަށް އިޖާބަދިނުމަށެވެ. އަދި ފުލުހުން މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލުމުގައި އިންސާނީ ކަރާމާތައް ބެލުމަށްވެސް ބައިވެރިން ވަނީ ގޮވާލާފައެވެ. ބައެއް ބައިވެރިން ވަނީ ބޮޑުވަޒީރުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.

ނޭޕާލްގައި ކުރަމުންގެންދާ މުޒާހަރާތައް ކަތަމަންޑޫގެ އެކި ސަރަހައްދުތަކަށް ފެތުރިފައިވާއިރު، މުޒާހަރާއަށް ތާއީދުކޮށް ނޭޕާލްގެ ރައްޔިތުން ދަނީ އެމެރިކާ ފަދަ ޤައުމުތަކުގައިވެސް އެއްވުންތައް ބާއްވަމުންނެވެ.

ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރުމާއި އަދި ވެރިކަމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެއްޖެކަމަށްބުނެ ނޭޕާލްގައި ކުރިއަށްގެންދާ މުޒާހަރާގައި އިސްކޮށްތިބީ ޒުވާނުންނެވެ. ހާއްސަ ގޮތެއްގައި މި މުޒާހަރާގައި ނަގާކިޔަންތިބީ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ކިޔަވަމުންދާ ދަރިވަރުންނެވެ.

މުޒާހަރާއާ ގުޅިގެން ކަތަމަންޑޫގެ ސްކޫލްތަކާއި ކޮލެޖްތަކުގެ އިތުރުްން ޔުނިވަރސިޓީތައް ވަނީ ބަންދުކޮށްފައެވެ. އަދި އެތަންތަނުގެ ޓެސްޓްތައްވެސް ވަނީ ފަސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
23 Jul 2026
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި
ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.