ދަރިވަރުންނަށް ލޯނަށް އެެދެން އަލުން ހުޅުވާލާނަން: ހަޔަރ އެޑިއުކޭޝަން

10 Jun 2019 | 15:28

ސަރުކާރުގެ އެހީގައި މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭ ލޯން ސްކީމަށް ކުރިމަތިލުމުގެ ފުުރުސަތު އަލުން ހުޅުވާލާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ އުސޫލު ދަރިވަރުންނަށް ލުއި ފަސޭހަ ވާނެ ގޮތަކަށް މުރާޖައާ ކުރުމަށް ފަހު މި ހަފުތާގައި އަލުން ކުރިމަތިލުމަށް ހުޅުވާލާނެއެވެ.

އެއީ ހިމެނެނީ ރާއްޖެ އިން ބޭރުގައި ކިޔަވަން ޖާގަ އަށް ހުޅުވާލި ނަމަވެސް ގިނަ ބަޔަކު ޑިސްކޮލިފައިވެފައިވާތީ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދަރިވަރުންތައް ޑިސްކޮލިފައި ހުރި ސަބަބުތަަކަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ބަލާލާއިރު، ސެޓްފިކެޓް އަދި ޑޮކިއުމެންޓްތަކުގެ ދެ ފުށް ހުށަހަޅާފައި ނެތުން، ސްކީމްގެ ދަށުން ކިޔަވަން ދާން ހުޅުވާލާފައި ނުވާ ގައުމަކުން ކިޔަވަން އެދިފައި ވުން، ކޯސް ހިންގާ ކަމުގެ ލިޔުން ހުށަހަޅާފައި ނެތުން، ކޯހަށް ވަނުމަށް ބޭނުންވާ އެމްކިޔުއޭގެ ޝަރުތު ފުރިހަމަ ނުވުން، ކުރީގެ ލޯނެއް ނުދައްކައި އޮތުން، އެޕްލިކޭޝަންގެ ހުރިހާ ބައެއް ފުރިހަމަކޮށްފައި ނެތުން،އިއުލާނާ އެއްގޮތަށް އެޓެސްޓޭޝަން ފުރިހަމަވެފައި ނެތުން، ހުށަހަޅަން ޖެހޭ ސްކީމް ނުވަތަ އެހެން ކެޓަގަރީއަކަށް ފޯމު ހުށަހަޅާފައި ވުން، ކޮލިފައިވެ، ނަމަވެސް ކަނޑައަޅާފައިވާ 30 ސްލޮޓް ތެރޭގައި ނުހިމެނުން.ރިޕީޓް އެޕްލިކޭޝަން ހުށަހަޅާފައި ވުންފަދަ ކަންކަން ހިމެނެއެވެ.

މިފަހަރުގެ ލޯން ސްކީމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލި ދަރިވަަަރަކު ވޮއިސްއާއި ވާހަކަ ދައްކަމުން ބުނީ އެ ޕޯޓަލްގެ މައްސަލަތައް ހުރި ވާހަކަ އެތައް ފަހަރަކު މިނިސްޓްރީއަށް ގިނަ ދަރިވަރުން އެންގި ކަމަށެވެ. އެގޮތުން ކުދިން އެއްޗެއް އަޕްލޯޑްކުރުމަށްފަހު އެ އެއްޗެއް އެކުދިންނަށް ނުފެންނަކަމަށްވެސް ދަރިވަރު ބުންޏެވެ.

އަދި ބައެއް ފަހަރު ޕޯޓަލް ކްރޭޝްވާތީ އެއަށްވެސް ނުވަދެވޭ ކަމަށާއި އެޕްލިކޭޝަން ލުމުން އަރަނީ ޕެންޑިންގް އެޕްލިކޭޝަން ކަމަށެވެ.

މިނިސްޓްރީން އިިތުރަށް ބުނީ އަލުން ކުރިމަތިލާން ހުޅުވާލާނީ އެޕްލިކޭޝަން ހުށަހެޅުން އިތުރަށް ފަސޭހަކޮށް، ލޯނު ބޭނުންވާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފުރުސަތު ފަހިކޮށްދޭން ކަމަށެވެ. އަދި މައި އެޑިއު ޕޯޓަލްގެ ތެރެއިން އެޕްލިކޭޝަން އެޑިޓްކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުން ދޭންވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނިގޮތުގައި ލޯނަށް ޑިސްކޮލިފައިވި ސަބަބު އެ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. އަދި އެއް ސަބަބަށް ވުރެ ގިނަ ސަބަބުތަކަށްޓަކައި ފޯމު ޑިސްކޮލިފައި ހުރެދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

Advertisement

ކޮމެންޓް

Advertisement