ކާށިދޫ... ފޮޓޯ؛ ފްލިކާ
ހަބަރު
13 Sep 2025 | 09:13
ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

ކ.ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އިއުލާނުކޮށްފިއެވެ.

ޓޫރިޒަމުން ކުރި އިއުލާނުގައި ވާގޮތުން ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށު ފަޅުން ބައެއް ހިއްކައިގެންނެވެ. އެގޮތުން ރިސޯޓް ތަރައްޤީކުރުމަށް 10 ހެކްޓަރުގެ ބިމެއް ހިއްކުމަށް ނިންމާފައިވާއިރު، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ ސެޕްޓެމްބަރުމަހުގެ ނޮވެމްބަރުމަހުގެ 21 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ބީލަން ހުށަހަޅަން ޖެހެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކަށް އެކަމާގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މިމަހުގެ 24 އަދި އޮކްޓޯބަރުމަހުގެ 21 ވަނަ ދުވަހު އޮންލައިނުކޮށް ކަމަށެވެ.

ކާށިދޫ ފަޅުގައި ރިސޯޓް ތަރައްޤީކުރުމުގެ ފުރުސަތު ދިވެހިންގެ އިތުރުން ބިދޭސީ ކުންފުނިތަކަށް ހުޅުވާލާފައި އޮތްއިރު، އެ ރިސޯޓްގައި  މަދުވެގެން 100 ބެޑް ހިމަނަންޖެހެއެވެ.

ރިސޯޓް ތަރައްޤީކުރާ ސަރަހައްދު

އެރަށު ފަޅޫގައި ރިސޯޓެއް ތަރައްޤީކޮށް ހިންގުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ކާށިދޫ ފަޅުގައި މިއަހަރުގެ ކުރީކޮޅުވެސް ރިސޯޓް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލިއެވެ. މީގެ އިތުރުން ރައީސް މައުމޫނު ދުވަސްވަރުވެސް އެ މަސައްކަތް ކުރަން އުޅުނެވެ.

އެގޮތުން މީގެ ކުރިން އެފަޅު ބަޔަކަށް ކުއްޔަށްދިން ނަމަވެސް އޭރު އެ މަސައްކަތް ކުރިއަށްގޮސްފައިނުވަނީ، އެ ފަޅު ހިއްކައިފިނަމަ ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެބޮޑު ގެއްލުމެއް ލިބިދާނެތީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.