މެޕް.. ފޮޓޯ: ގޫގުލްމެޕް
ދުނިޔެ
13 Sep 2025 | 10:28
ރަޝިއާގެ ކަމްޗަޓްކާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ރަޝިއާގެ އިރުމަތީ ސަރަހައްދަށް މިއަދު 7.4 މެގްނިޓިއުޑް ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުން އައިސްފައިވަނީ ރަޝިއާގެ އިރުމަތީ ސަރަހައްދެއްކަމަށްވާ ކަމްޗަޓްކާގެ ޕެޓްރޯޕަވްލޮވްސް ކައިރިއަށެވެ. ބައެއް މީޑިއާތަކުން ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ ޕެޓްރޯޕަވްލޮވްސްކް އާ 111 ކިލޯމީޓަރު ދުރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު އަޑިންނެވެ.

ބިންހެލުމާ ގުޅިގެން ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތްކަމަށް ބުނެފައެވެ. ކަމަޗަޓްކާ ސަރަހައްދަކީ އާއްމުކޮށް ބިންހެލުން އަންނަ ހިސާބެކެވެ. އެގޮތުން މިއަހަރުގެ ޖުލައިމަހު އެ ސަރަހައްދަށް އައި ބިންހެލުމުގައި ރަޗިއާ އަދި ޖަޕާނުގެ އައްސޭރިފަށުގެ ރަށްތަކަށް ސުނާމީ އަރައި އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެފަހަރު ބިންހެލުން އައިސްފައިވަނީ 8.8 މެގްނެޓިއުޑް ބާރުމިނުގައެވެ.

ޖުލައިމަހު ކަމްޗަޓްކާއަށް އައި ބިންހެލުމާ ގުޅިގެން ސުނާމީ އަރާފައި.. ފޮޓޯ: އެކްސް

އެ ބިންހެލުމާ ގުޅިގެން އެމެރިކާގެ އައްސޭރިފަށުގެ ރަށްތަކަށްވެސް އެފަހަރު ވަނީ ސުނާމީ އަރާފާނެކަމުގެ އިންޒާރު ނެރެފައެވެ. ނަމަވެސް މިފަހަރު އައި ބިންހެލުމާ ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތްކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސެންޓަރުންވެސް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ