ބަންޑާރަ ނައިބު
ހަބަރު
13 Sep 2025 | 21:32
ޤާނޫނީ ވެރިކަން ނެގެހެއްޓުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ މުއައްސަސާއަކީ އޭޖީއޮފީސް: އުޝާމް

ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ނެގެހެއްޓުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ މުއައްސަސާއަކީ އެޓާނީ ޖެނެރަލް އޮފީސްކަމަށް، ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބުގެ އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހަކީ ދިވެހިރާއްޖޭގެ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މުއައްސަސާ ކަމަށާއި، މިއީ މީގެ 75 އަހަރުކުރިން ބަންޑާނާއިބު ގެ އޮފީސް ވަކި އޮފީހެއްގެ ގޮތުގައި ޤާއިމުކުރެވުމަކީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ތަރައްޤީ ކުރަން އެޅުނު ވަރަށް ޚާއްސަ ފިޔަވަޅެއްކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، އައު ޤާނޫނު އަސާސީގައި ބަންޑާރަ ނައިބުގެ މައްސޫލިއްޔަތު ލިޔެވިފައިވަނީ އެ އޮފީހަކީ ހަމައެކަނި ސަރުކާރުގެ ޤާނޫނީ ވަކީލަކަށް ވުމުގެ ބަދަލުގައި އެ އޮފީހުގެ ޒިންމާއަކަށް ވެގެން ގޮސްފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ވެރިކަން ނަގަހައްޓާ ހިމާޔަތްކޮށް ކުރިއަރުވައި ރައްޔިތުންގެ ސަލާމަތާއި މަންފާއަށް އާންމު މިނުމަކަށް ދިފާޢުކުރުމަށް ޓަކައި މަސައްކަތް ކުރަންޖެހޭ ފަރާތެއްގެ ގޮތުގައި ކަމަށެވެ.

އޭޖީ އޮފީހުގެ އަލިމަސް ޔޫބީލް ފޮތް ނެރެދެއްވުން.. ފޮޓޯ: ރައީސް އޮފީސް

ބަންޑާރަނައިބު ވިދާޅުވީ އެ އޮފީހަކީ ހަމައެކަނި ޤާނޫނީ މުއައްސަސާއެއް ނޫންކަމަށާއި، އެއީ އިންސާފަށާއި އަދުލަށާއި، ހަމަހަމަކަމަށާއި، ޤާނޫނުގެ ވެރިކަމަށް މި ޤައުމުން އަހަމިއްޔަތުކަންދޭ ނިޝާނެއްކަމަށެވެ.

2008 ވަނަ އަހަރު ވުޖޫދީ އާ ގާނޫނުއަސާސީއާ އެކު ބަންޑާރަނައިބުގެ މަސްއޫލިޔަތުތައް ކަޅާއި ހުދުން ލިޔެވުނު. ބަންޑާރަ ނައިބަކީ ހަމައެކަނި ސަރުކާރުގެ ޤާނޫނީ ވަކީލަކަށް ވުމުގެ ބަދަލުގައި އެއީ ދިވެހިރާއްޖޭގެ ގާނޫނުގެ ވެރިކަން ނަގަހައްޓާ ހިމާޔަތްކޮށް ކުރިއަރުވައި ރައްޔިތުންގެ ސަލާމަތާއި މަންފާއަށް އާންމު މިނުމަކަށް ދިފާޢުކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ފަރާތެއްގެ ގޮތުގައި ކަނޑައެޅިގެންދިޔަ. މީގެ މާނައަކީ ބަންޑާރަނައިބުންނާއި ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުންނަކީ އަބަދުވެސް ނަޒާޙަތްތެރި އަޚުލާޤީ އިތުބާރު ހިފޭ އަދި އިންސާފުވެރި ބަޔަކަށް ވާންޖެހުން

އުޝާމް ވިދާޅުވިއެވެ

މިރޭގެ ރަސްމިއްޔާތުގައި ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ދިގުމުއްދަތެއްވަންދެން ހިދުމަތްކުރެއްވި މުއައްޒަފުންގެ އަގު ވަޒަންކޮށް އެކަމުގެ ފިލާ އަރުވާފައެވެ.

މީގެ އިތުރުން މިރޭގެ ވަނީ ބަންޑާރަނައިބު އޮފީހުގެ އައު ވެބްސައިޓް އިފްތިތާހްކޮށްފައެވެ. މި ވެބްސައިޓް އިފްތިތާހްކޮށްފައިވަނީ، އޭއައި ޗެޓް ބޮޓެއް ހިމަނައިގެންނެވެ. މި ބޮޓްގެ އެހީގައި ޤާނޫނީ ގޮތުން ކުރިމަތިވާ ސުވާލުތަކަށް ޖަވާބު ހޯދޭނޭކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.