ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މާކެޓެއް... ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
15 Sep 2025 | 14:16
އަލީ ބާބާ ވޯކްޝޮޕަށް ބޮޑު ތަރުހީބެއް

ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ އަލީބާބާ ވޯކްޝޮޮޕަށް ދިވެހި ވިޔަފާރިތަކުގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އިކޮނޮމިކް މިނިޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ އީކޮމާރސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޙާއްސަކޮށްގެން މިމަހުގެ 16 ވަނަ ދުވަހު އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް ތާވަލްކޮށްފައެވެ. މި ވޯކްޝޮޕްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެންމެބޮޑު އޮންލައިން ވިޔަފާރި އަލީ ބާބާގެ ފަރާތުންނެވެ.

މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވޯކްޝޮޕްގައި ބައިވެރިވުމަށް މިހާރުވެސް 450 ހަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާކަމަށެވެ. މީގެ ތެރޭގައި އަލަށް ވިޔަފާރި ފެށި ފަރާތްތަކުގެ  އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ބޭންކްތަކާއި، ލޮޖިސްޓިކްސް ހިދުމަތްދޭ ފަރާތްތައް ފާހަގަކޮށްލެވެއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އަލީބާބާގެ މި ވޯކްޝޮޕާއެކު އެ ޕްލެޓްފޯމުގައި ރާއްޖޭގެ ވިޔަފާރިތަކަށް ލިސްޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނޭކަން ހާމަކުރައްވާފައެވެ.

އޮންލައިން ވިޔަފާރިއަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ ވިޔަފާރިކަމަށް އިގްތިސާދީ ވުޒާރާއިން ބުނެއެވެ. އަދި ކުދ އަދި މެދުފަންތީގެ ވިޔަފާރިވެރިން އެންމެގިނައިން ހަރަކާތްތެރިވާ އެއް ދާއިރާއަކީވެސް އޮންލައިން ވިޔަފާރިއެވެ. އެގޮތުން ރާއްޖޭގައި ތަކެތި އުފައްދައިގެން އޮންލައިނުކޮށް ތަކެތިވިއްކާ ފަރާތްތަކުގެ 400 އަށްވުރެ މަތިވާނޭކަމަށް އިކޮނޮމިކް މިނިސްޓަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.