12 Jun 2019 | 08:18
މަޖިލީހަށް ހާޒިރުނުވާނަމަ މުސާރަ ނުލިބޭގޮތް ހަދަން ހުށައަޅައިފި

ރައްޔިތުންގެ މެންބަރުން، ދައުރުގެ ޖަލްސާތަކަށް ފުރިހަމައަށް ހާޒިރުނުވާނަމަ މުސާރަ ނުލިބޭގޮތް ހަދަން ހުށައަޅައިފިއެވެ.

މިގޮތަށް ހުށައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރާ ވަގުތީ ކޮމެޓީއަށް، އަދާލަތު ޕާޓީގެ ފަރާތުންނެވެ.

އެޕާޓީން ހުށައަޅާފައިވަނީ އެ މަހެއްގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން މަދުވެގެން ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރު ނުވެއްޖެނަމަ މުސާރަ ނުލިބޭ ގޮތަށް ހަމަޖެއްސުމަށެވެ. އަދި މީގެ އިތުރުން ހިނގަމުންދާ މަޖިލީހަކަށް އެ މަޖިލީހެއްގެ މުސާރަ މަތިނުުކުރެވޭނެގޮތަށް ހެދުމަށްވެސް ވަނީ ހުށައަޅާފައެވެ.

އަދި މީގެ އިތުރުން މެންބަރުންނަށް ކޮމިޓީ އެލަވަންސް ލިބޭނީ އެ މަހެއްގައި މަދުވެގެން ކޮމިޓީގެ ތިން ބައްދަލުވުން ބާއްވާ، އޭގެތެރެއިން ދެބައިކުޅައެއްބައި ބައްދަލުވުމަށް ހާޒިރުވެގެން ކަމަށާއި، ވިދިވިދިގެން ތިން ކޮމިޓީ ބައްދަލުވުމަށް މެމްބަރަކު ހާޒިރު ނުވެއްޖެނަމަ ކޮމިޓީން އެ ފަރާތެއް ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވެސް އަދާލަތުން ވަނީ އެދިފައެވެ.

އަދާލަތު ޕާޓީން ވަނީ މެންބަރުންގެ ޗުއްޓީ ކުޑަކުރުމަށްވެސް ހުށައަަޅާފައެވެ. އެގޮތުން މަޖިލީހުގެ ދައުރު ފެށޭ އަދި ނިމޭ ތާރީހުތައް ބަދަލުކޮށް، ޗުއްޓީ ތިން މަހާއި 10 ދުވަހުން (100 ދުވަސް) ދެ މަސް ދުވަހަށް (60 ދުވަސް) ކުޑަކުރުމަށް އެޕާޓީން ވަނީ ހުށައަޅާފައެވެ.

އަދި މާލީ ބަޔާންތައް އާއްމުކުރަން ލާޒިމު ކުރުމާއި، މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން މެދުވެރިނުކޮށް އާއްމުންނަށް ޕެޓިޝަން ހުށަހެޅޭ ގޮތް ހެދުމާއި، 1500 މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅައިފިނަމަ މަޖިލީހުގެ ތަޅުމުގައި އެ ޕެޓިޝަނަކާއި މެދު ބަހުސް ކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jun 2026
ރައީސް ޑރ.މުއިއްޒު މިރޭ ހާމަކޮށްދެއްވީ ދަރަނި ދެމިގެން ގޮސްފައިވާ މިންވަރު
އެންމެ ބޮޑަށް ދައްކަންޖެހެނީ ރައީސް ސޯލިހް ވެރިކަމުގައި ނެގި ލޯނުތަކަށެވެ. އެގޮތުން އެ ލޯނުތަކަށް އަދިވެސް ނުދައްކާ 1.1 ބިލިއަން ޑޮލަރު އެބައޮތެވެ
14 Jun 2026
އާރަށް މައްސަލަ: އާ ހެކިތައް ބަލައިގަތުމާމެދު އަންނަމަހު ގޮތެއް ނިންމަނީ
ސްޕްރީމް ކޯޓުގައި މިހާރު އޮތް މި މައްސަލާގައި މީގެކުރިން އެ ކޯޓުގައި ވާހަކަދައްކަވަމުން ދައުލަތުން ބުނެފައިވަނީ، އައު ހެކިތަކެއް ހުށަހަޅާފައިވަނީ، ދިފާއުން ހުށަހެޅި ހެކިވެރިން ދޮގު ހަދައި، އެ ފަރާތްތައް ދެއްކެވި ވާހަކަ ތަކުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށެވެ.
14 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ހާއްސަ ޒިޔާރަތެއް
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ހާލަތު ބައްލަވާލައްވައި، އަދާހަމަ މައުލޫމާތު އޮޅުންފިލުއްވާފައެވެ
14 Jun 2026
އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރާނެ ގޮތުގެ ޓްރެއިނިން ފުލުހުންނަށް ދީފި
އެމެރިކާގެ ގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުގެ ފަރާތުން ކުއްތާ ގެންގުޅޭނެ ގޮތާގުޅޭ ހާއްސަ ޓްރެއިނިންގ ތަކެއް ފުލުހުންނަށް ކުރިއަށް ގެންގޮސްފިއެވެ.
14 Jun 2026
ފިނޭގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި
ފިނޭގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ
14 Jun 2026
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފަރުމަސް ބޭނުމުގެ މުބާރާތެއް
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކުރާ ހާއްސަ ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
14 Jun 2026
ޤަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ ފުރުޞަތެއް ދީފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަލަށް އެކުލަވާލި "ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދު" އަށް ފުރިހަމައަށް ޢަމަލުކުރުމަށްޓަކައި، ކާބޯތަކެތި އުފައްދާ އަދި އިމްޕޯޓްކުރާ ފަރާތްތަކަށް 6 މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
14 Jun 2026
ޚާމަނައީ ފަސްދާނުލުމުގެ ރަސްމިއްޔާތު ޖުލައި މަހު ބާއްވަނީ
ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، ޚާމަނައީގެ ޖަނާޒާގެ ކަންކަން ޖުލައި މަހުގެ 4 ވަނަ ދުވަހު ތެހެރާނުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައެވެ.