މުޒާހަރާގެ ބައިވެރިން.. ފޮޓޯ: އަލްޖަޒީރާ
ހަބަރު
15 Sep 2025 | 17:45
އިސްރާއީލާ ދެކޮޅު ހަރަކާތްތައް ބޮޑުވެ މެޑްރިޑް ވުއެލްޓާ ސައިކަލް ރޭސް ހުއްޓުމަކަށް

އިސްރާއީލާ ދެކޮޅު ހަރަކާތްތައް ބޮޑުވެ އެންމެފަހުން މެޑްރިޑްގައި ކުރިއަށްދިޔަ ވުއެލްޓާ ސައިކަލް ރޭސް ހުއްޓާލަން ޖެހިއްޖެއެވެ.

ސައިކަލްރޭސް ހުއްޓާލަން ޖެހުނީ އިސްރާއީލްގެ ޓީމެއް ރޭހުގައި ބައިވެރިކުރަން ނިންމި ހިސާބުންނެވެ. ރޭސް ބަލަން އެއްވި ގިނަ އަދަދެއްގެ މީހުން ވަނީ އިސްރާއީލްގެ ޓީމް ބައިވެރިކުރުމާ ދެކޮޅަށް މަގުތަކުގައި އަޑުއުފުލާފައެވެ. އެންމެފަހުން ރޭސް ހުއްޓާލަން ޖެހުނީ މުޒާހަރާތައް ބޮޑުވެ، މުޒާހަރާގެ ބައިވެރިން ބެރިކޭޑްތައް އުކާލައި، ރޭސްޖަހާ ޓްރެކަށް ވަދެގަތުމުންނެވެ. މި ހަރަކާތުގައި ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއްވެސް ވަނީ ހިނގާފައެވެ.

ރޭސް ހުއްޓާލާފައިމިވަނީ އެންމެ ފަހު ދުއްވުންތަކާ ހުސާބަށް ގޮސްފައިވަނިކޮށެވެ. މިއީ ވުއެލްޓާ ސައިކަލްރޭސް މި ފަހުގެ ތާރީހެއްގައި ހުއްޓާލަން ޖެހުނު ފުރަތަމަ ފަހަރެވެ. މި ރޭސް އެންމެފަހުން ހުއްޓާލަން ޖެހުނީ 1978 ވަނަ އަހަރު ކުރިއަށްދިޔަ ސިޔާސީ ހަރަކާތްތަކެއްގެ ސަބަބުންނެވެ.

މުޒާހަރާއާ ގުޅިގެން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ، މުޒާހަރާކުރަން ޖެހުނު ސަބަބު ވަރަށް ސާފުކަމަށް ވިދާޅުވެ، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަން ޖެހޭކަމަށް ވިދާޅުވެ، އެކަން ކުރުމަށް ބާއްވާ ހަރަކާތް ހުއްޓުވުމުގެ މާނައެއްނެތްކަމަށް ވިދާޅުވެފައެވެ.

މުޒާހަރާތަކަށް 100،000 ހާސް މީހުން ނިކުމެފައިވާއިރު، އެ ހުރިހާ މީހުންވަނީ ފަލަސްތީނާއެކު ތިބިކަމަށް ބުނެފައެވެ. 

ފަލަސްތީނު މައްސަލާގައި ސްޕެއިން ސަރުކާރާ އިސްރައީލް ވެރިންނާ ދެމެދު ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. މީގެ އިތުރުން ތެލް އަވީވްގައި ހުންނަ ސްޕެއިން ސަފީރު ވަނީ އެޤައުމަށް ގެނެސްފައެވެ. އިސްރާއީލް މައްސަލާގައި ސްޕެއިންގެ ކުޅިވަރާ ބެހޭ ވަޒީރު އަލެގްރިއާ ވަނީ ބައިނަލްއަޤްވާމީ ކުޅިވަރުގެ މުބާރާރްތަކުން އިސްރާއީލްގެ ޓީމުތައް ވަކިކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް