އިބްރާހީމް ވަހީދު(އަސްވާޑް)
ހަބަރު
15 Sep 2025 | 23:51
ބިލުގައި މީޑިއާ މާނަކުރަނީ ރަޖިސްޓަރޑް މީޑިއާތަކަށް: ވަޒީރު

ރައްޔިތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލް ހިނގާނީ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް އެކަނިކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިބްރާހީމް ވަހީދު(އަސްވާޑް) ވިދާޅުވެއްޖެއެވެ.

މީޑިއާ ބިލާގުޅޭގޮތުން މިރޭ ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ބިލާގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންގެންދަވާ ހަގީގަތާ ހިލާފް ބައެއް ވާހަކަތައް ސާފުކޮށްދެއްވާފައެވެ. އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާއެކު ސޯޝަލް މީޑިއާ އެކައުންޓްތައްވެސް ރެގިއުލޭޓްކޮށް ސަރުކާރުން ފިޔަވަޅު އަޅާނޭކަމަށެވެ. 

މިކަމާ ގުޅޭގޮތުން ވަޒީރު މިރޭ ވަނީ ވަރަށް ސާފްކޮށް އެކަން އޮތްގޮތް ބަޔާންކޮށްދެއްވާފައެވެ. ވަޒީރު ވިދާޅުވީ، ބިލުގައި މީޑިއާ މާނަކޮށްފައި އެވަނީ، ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ މީޑިއާތަކަށް ކަމަށެވެ. 

މީޑިއާ މާނަކޮށްފައި އެއޮތީ ހަމަސީދާ ރަޖިސްޓަރޑް މީޑިއާއަށް. މީޑިއާއަށް ނިސްބަތްނުވާ މީހަކަށް މި ބިލް އެޕްލައި ނުވާނެ

ވަޒީރު ވަހީދު ވިދާޅުވިއެވެ

ވަޒީރު ވިދާޅުވީ ސޯޝަލް މީޑިއާގައި ކޮންޓެންޓް ހަދާ ފަރާތްތަކަށް މީޑިއާ ބިލް އެޕްލައި ނުވާނޭކަމަށެވެ. ނަމަވެސް ނޫހެއްގެ ކުޑަދަށުން ފޭސްބުކް، އިންސްޓަރގްރާމް އަދި އެކްސް ފަދަ ޕްލެޓްފޯމްތަކުގައި ހިންގާ ޕޭޖްތަކަށް މި ބިލް އެޕްލައިވާނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެކަން އެގޮތަށް އޮންނަނީ، ނޫހެއްގެ ހައިސިއްޔަތުން އެފަރާތަކުން ފަތުރާ ހަބަރުތަކަށް ޒިންމާވާންޖެހޭތީކަމަށެވެ.

ރާއްޖޭގެ ކޮންޓެންޓް ހަދާމީހުނަށް އަޅުގަނޑު ދޭނެ ޔަގީންކަމަކީ މި ބިލް އެޕްލައިވާނީ ހަމައެކަނި ރަޖިސްޓަރޑް މީޑިއާތަކަށޭ

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަހީދު ތަކުރާރުކޮށް ވިދާޅުވީ މިއީ ރައްޖޭގެ ކޮންޓެންޓް ކްރިއޭޓްކުރާ މީހުންނާ ބެހޭ ބިލެއް ނޫންކަމަށާއި މިއީ ރާއްޖޭގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީވެގެން ހިންގާ ނޫސްތައް ރެގިއުލޭޓްކުރުމަށް އެކުލަވާލި ބިލެއްކަމަށެވެ. އެހެންކަމުން އަމިއްލަ ފަރުދުންނާއި ކޮންޓެންޓް ކުރިއޭޓަރުން ކަންބޮޑުވުމުގެ މާނައެއް ނެތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިރޭގެ ފޯރަމްގައި ބައިވެރިވި ފަރާތްތަކުންވެސް ވަނީ ބިލްގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަން ފާހަގަކުރައްވައި، މިހާރު ލިބިދީފައިވާގޮތަށް ހިފެހެއްޓުމެއްނެތި މިނިވަން ނޫސްވެރިކަމެއް ކަނޑައެޅިފައިވާ ހުދޫދުގެ ތެރެއިން ކުރެވެން މި ބިލް ހުރަސް ނާޅާކަން ފާހަގަކޮށް ވާހަކަދައްކާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.