މާޒިޔާ ތަށި އުފުލާލަނީ... ފޮޓޯ: އެފްއޭއެމް
16 Sep 2025 | 08:36
ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗް މާޒިޔާއަށް

މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނުމެޗް މާޒިޔާ ސްޕޯޓްސް ކާމިޔާބުކޮށްފިއެވެ.

ގަލޮޅުދަނޑުގައި ރޭ ކުޅުނު މިމެޗް މާޒިޔާ ކާމިޔާބުކުރީ، އީގަލްސްއާ ދެކޮޅަށް ކުޅުނުމެޗް 0-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މެޗްގައި އެންމެ ފުރަތަމަ މާޒިޔާއިން ލީޑް ނަގާފައިވަނީ، ފުރަތަމަ ހާފް ނިމެން އުޅެނިކޮށް 45 ވަނަ މިނެޓް ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމްއެވެ. މެޗްގައި މާޒިޔާއިން ޖެހި ދެވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ ދެވަނަ ހާފްގައި ހަސަން ނާއިޒް (ދާދު) އެވެ. 

އަނިޔށގެ ސަބަބުން އީގަލްސް އާ ދެކޮޅަށް މާޒިޔާއިން ނިކުތީ އެޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ނުލައެވެ. 

މި ސީޒަނުގެ ކޮމިޔުނިޓީ ޝީލްޑް މާޒިޔާއިން ކާމިޔާބުކޮށްފައިވާއިރު، އެޓީމަކީ މިހާރުވެސް ކޮމިޔުނިޓީ ޝީލްޑް އެންމެ ގިނައިން ކާމިޔާބުކުރި ޓީމެވެ. މާޒިޔާއިން ވަނީ ކޮމިޔުނިޓީ ޝީލްޑް ޖުމްލަ 6 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. ރޭގެ މެޗް ކާމިޔާބުކުރުމާ ގުޅީގެން އިނާމުގެ ގޮތުގައި އެޓީމަށް ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިފައެވެ. މާޒިޔާއަށް ލިބުނު ފައިސާގެ ތެރެއިން ބައެއް ހަދިޔާކުރުމަށް ނިންމާފައިވަނީ ލޯފަން މީހުންގެ ޖަމިއްޔާ (ބީވީއައިއެސްއެމް) އަށެވެ.

ދިވެހި ޕްރިމިއާ ލީގްގެ ކުޅުން ތިން ދުވަހަށްފަހު ފަށާއިރު، އެމެޗްގައިވެސް މާޒިޔާ ނިކުންނާނީ އީގަލްސް އާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ބްރާސްފަތިދުވަހުގެ ރޭ ގަލޮޅު ދަނޑުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.