މީހަކު ކުޑަކުއްޖަކު ގޮވައިގެން ދަނީ..
ހަބަރު
20 Sep 2025 | 20:00
އެކަނި ދަރިން ބަލަހައްޓާ މައިންބަފައިންނަށް ހުސްވިމަހު 4.9 މިލިއަން ރުފިޔާ ދީފި

އެކަނި ދަރިން ބަލަހައްޓާ މައިންބަފައިންނަށް ހުސްވި އޮގަސްޓްމަހު މާލީ އެހީގެ ގޮތުގައި 4.9 މިލިއަން ރުފިޔާ ދީފައިވާކަމަށް އެންސްޕާއިން ބުނެފިއެވެ.

އެންސްޕާއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓްމަސް ނިމުނުއިރު ފަގީރު ހާލަތުގައި ދިރިއުޅޭ އކަނި ދަރިން ބަލަހައްޓާ މައިން/ބަފައިންގެ ގޮތުގައި 2،870 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. މިދިޔަ މަހު އަލަށް 30 މީހަކު ރަޖިސްޓްރީވެފައިވާއިރު، ކުޑަކުދިންގެ ގޮތުގައި އަލަށް ރަޖިސްޓްރީކުރި އަދަދު އުޅެނީ 69 ގައެވެ. އެ އަދަދާއެކު މާލީ އެހީ ދޭ ކުޑަކުދިންގެ އަދަދު 4،901 އަށް އަރާކަމަށް އެންސްޕާއިން ބުނެއެވެ.

އެންސްޕާއިން ބުނީ އޮގަސްޓްމަހު ފަގީރުހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް 700 މީހަކަށް 25,720 ހޭދަކޮށްފައިވާކަމަށެވެ. މިދިޔަ މަހު އަލަށް 4 މީހަކު ރަޖިސްޓްރީކޮށްފައިވާކަމަށްވެސް އެންސްޕާއިން ބުނެއެވެ.

މިދިޔަ މަހު ފަގީރުހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 97 މީހަކަށް 178،500 ރުފިޔާ ވަނީ ދީފައެވެ. މާލީ އެހީ ދޭ ބެލެނިވެރިންގެ އަދަދު 97 ކަށް އަރާއިރު ކުދިންގެ އަދަދު އުޅެނީ 130 ގައެވެ.

ދައުލަތުގެ ބަޖެޓުން މިހާރުވެސް އެންމެބޮޑު ހޭދައެއްކުރަންޖެހޭ އެއް އިދާރާއަކީ އެންސްޕާއެވެ. އަހަރުގެ މިހާތަނަށް އެންސްޕާއަށް ކުރި ހޭދަ 2 ބިލިއަން ރުފިޔާއަށްވުރެ ބޮޑުކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.