ގެއްލިގެން ހޯދި ލޯންޗު --
ހަބަރު
21 Sep 2025 | 16:28
މާފުށީން ވަގަށް ނެގި "ތޭރަވާ" މާލޭ ފަޅުގައި، ލޯންޗުވެރީން ކަންބޮޑުވުމެއްގައި

ކ. މާފުށީ ފަޅުގައި އޮއްވާ ވަގަށް ނެގި ލޯންޗު ފެނިފައިވާ ކަމަށް ވެރި ފަރާތުން ބުނެފި އެވެ.

ރަށު ފަތުރުވެރިކަން އެންމެ ފުޅާކޮށް އޮތް މާފުށީ ފަޅުގައި އޮއްވާ ޓްރިޓޮން ހޮޓެލްސްގެ "ތޭރަވާ" ލޯންޗު ވަގަށް ނެގީ ރޭގެ ވަގުތެއްގަ އެވެ. ލޯންޗު ގެއްލިގެން އެކަން އާންމުކޮށް އިއުލާނު ވެސް ކުރި އެވެ.

ލޯންޗު ހޯދަމުން ދަނިކޮށް ފެނުނީ މާލޭގެ ފަޅުގައި އަޅާފައި އޮއްވަ އެވެ. ލޯންޗު އަދި އޮތީ ފުލުހުންގެ ތަހުގީގަށް ހިފަހައްޓާފަ އެވެ.

އެ ކުންފުނިން ބުނީ ލޯންޗު ނެތްކަން އެނގުމުން ވަގުތުން ހޯދަން ފެށި ކަމަށެވެ. މާފުށީ ފަޅުގައި އަބަދުވެސް ގިނަ އަދަދެއްގެ ލޯންޗު ބަނދަރުކޮށްފައި އޮންނައިރު ހުރިހާ ލޯންޗެއްގައި ވެސް ހުންނާނީ ތަޅުދަނޑި ޖަހާފައި ކަމަށް ޓްރިޓޮން ހޮޓެލްސްގެ އޮފިޝަލަކު ބުންޏެވެ.

އަދި މިއީ އެ ރަށުަގައި މީގެ ކުރީން ހިނގާފައިވާ ކަމެއް ނޫންކަން ފާހަގަކޮށް އެ ވައްކަމާއި ގުޅިގެން ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމަށެވެ. އަދި އެ އަމަލު ހިންގި ބަޔަކު ދެނެގަނެ އެފަަދަ ކަމެއް ދެން ނުހިނގާނެ ކަން ކަށަވަރު ވާނެ ފަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.