ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިއްގަރުގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
22 Sep 2025 | 11:19
މ.ދިއްގަރުގައި 75 ހައުސިން ޔުނިޓު އެޅުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

މ. ދިއްގަރުގައި އެޅުމަށް ނިންމާފައިވާ 75 ހައުސިން ޔުނިޓުގެ ޢަމަލީ މަސައްކަތްތައް މި އަހަރު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުުފުޅުގެ ތެރެއިން ދިއްގަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެރަށުގައި ކުރުމަށް ވައުދުވީ ކަންތައްތަކުގެ ތެރެއިން ހޮސްޕިޓަލު އިމާރަތްކުރުމާއި  ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް އެމަނިކުފާނު ވަރަށް އިސްކަންދެއްވާ ކަމަށެވެ.

އެގޮތުން ދިއްގަރުގައި 75 ހައުސިން ޔުނިޓު ޤާއިމްކުރުމަށް އެމްޓީސީސީއާ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހަވާލުކުރި މަޝްރޫއަށް އިޝާރަތްކުރައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫއުގައި ވާން ޖެހޭ ހުރިހާ ކަންތައްތަކެއް ވެފައިވާ ކަމަށާއި މި އަހަރު ތެރޭގައި މި މަޝްރޫއުގެ ތެރެއިން މަސައްކަތް ފެށޭނެ ކަމަށެވެ.

އެއީ މިރަށުގައި ގެދޮރުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ހިންގޭ މަޝްރޫއުތަކުގެ ތެރެއިން ފުރަތަމަ މަޝްްރޫއު، 75 ޔުނިޓް އެޅުމަށްޓަކައި އެމްޓީސީސީއާއެކު ސޮއިކޮށްފައިވާ މަޝްރޫއުގެ ތެރެއިން، ފަށާ މަޝްރޫއު ބާކީ އޮތް މުއްދަތުގެ ތެރޭގައި އަމަލީ ގޮތުން ފެށިގެން ދާނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވަނީ އެ މަޝްރޫއު ނިމުމުގެ ކުރިން ދިއްގަރުގައި އިތުރު 75 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއް ވެސް ފަށަން ގަސްތުކުރައްވާފައިވާކަން އިއުލާނުކުރައްވާފައެވެ. އަދި އެކަންކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން މުހިންމު މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިއްގަރުގެ 75 ހައުސިންގެ މަޝްރޫއުގެ ވާހަކަ ރައީސް ފާހަގަކުރެއްވިއިރު، ދިވެހި ސަރުކާރުންނާއި ޕީއެސްޕީން ހަރަދުކޮށްގެން ހިންގާ މި މަޝްރުއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 117 މިލިއަން ރުފިޔާއަށް ޖުމްލަ 420 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ސިޓިން ރޫމާއި ބަދިގޭގެ އިތުރުން ސްޓޯރ ރޫމާއި، ލޯންޑްރީ އާއި ކާގެ ހިމެނޭ ގޮތަށް 1،000 އަކަފޫޓު ކޮންމެ އެޕާޓުމަންޓެއްގައި ހުންނަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.