އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވުމަށް އައި ބަޔަކާއެކު އެޕާޓީގެ ބައެއް ބޭފުޅުން...
ހަބަރު
03 Oct 2025 | 18:38
އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާއަށް ރަށްރަށުން ގިނަ ބަޔަކު މާލެ އަރައިިފި

އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީން މިރޭ ބޭއްވުމަށް ތައްޔާރުވަމުންދާ މުޒާހަރާއަށް އެޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު މާލެ އަރައިިފިއެވެ

އެމްޑީޕީން އާޓިފޝަލް ބީޗްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުޒާހަރާގައި ބައިވެރިވުމަށް ގިނަ ބަޔަކު މިއަދު މެންދުރުފަހު ވަނީ ލޯންޗުތަކުގައި މާލެ އައިސްފައެވެ. އަތޮޅުތެރެއިން މާލެ އެރި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތައް ބޭލުމަށް އެޕާޓީގެ ލީޑަރރޝިޕްގެ ފަރާތުން ގޮސްފައިވާއިރު، މީގެ ތެރޭގައި ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ތަމްސލްކުރާ މެމްބަރުންވެސް ގޮސް ތިއްބެވެ.

އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވުމަށް އައި ބަޔަކު ލޯންޗުން ފައިބަނީ

އެމްޑީޕީ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ. އެމްޑީޕީން ބުނީ މިރޭގެ ޖަލްސާގައި ބައިވެރިވުމަށް ކަނޑުމަގުގެ އިތުރުން ވައިގެ މަގުންވެސް މީހުން އައިސްފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް މީހުން މާލެ އެރިކަމަށް އެޕާޓީގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވުމަށް އައި ބަޔަކު..

ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ ގުޅިގެން އިދިކޮޅު ބައެއް ޕާޓީތަކުން ވަނީ، އެމްޑީޕީގެ ހަރަކާތުގައި ބައިވެރިނުވާނޭކަމަށް ބުނެފައެވެ. މީގެ ތެރޭގައި ޖުމްހޫރީ ޕާޓީ ހިމެނެއެވެ.

އެމްޑީޕީން މިރޭގެ މުޒާހަރާއަށް ތައްޔާރުވަމުންދާއިރު، ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.