އަލީ ހާފިޒު ހާއްޕެ..
05 Oct 2025 | 08:38
ހާއްޕެގެ ބޭސްފަރުވާގެ ކަންކަން ކުރިއަށްގެންދާނީ ސަރުކާރާ އެފްއޭއެމުން: ޓޮމް

ރާއްޖެ ދުށް އެންމެ ހުނަރުވެރި އެއް ފުޓްސަލް ކުޅުންތެރިޔާ، އަލީ ހާފިޒް (ހާއްޕެ) ގެ ބޭސްފަރުވާގެ ކަންކަން ކުރިއަށްގެންދާނީ ސަރުކާރާ އެފްއޭއެމުން ކަމަށް، އެ އިދާރާގެ ރައީސް އަހުމަދު ތޯރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖެ އާއި މިޔަންމާ ބައްދަލުކުރި މެޗްގައި ހައްޕެގެ ފަޔަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާ މިވަގުތު ތައްޔާރުވަމުންދަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. މިކަމާ ގުޅިގެން ކުރީގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި މުހައްމަދު ހަމީދު (މޮސްޓާ) ކުރެއްވި ޕޯސްޓެއްގައި ވަނީ ހާއްޕެ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ބޭނުންވާ ޑޮލަރު ހަމަނުވެގެން ނުފުރިފައި ހުރިކަމަށް ވިދާޅުވެފައެވެ.

މޮސްޓާގެ އެ ޕޯސްޓަށް ރައްދުދެއްވަމުން އެފްއޭއެމްގެ ރައީސް ޓޮމް ވިދާޅުވީ، އިންޖަރީވި ފުޓްސަލް ޕްލޭޔަރު ހާއްޕެގެ ފައިގެ އޮޕަރޭޝަން ކުރުމުގެ ކަންކަން އިންޑިޔާއިން ކުރާގޮތަށް ނިމިފައިވާކަމަށެވެ.

ހާއްޕެ.. ފޮޓޯ: ހަލައެފްއެފް

މިކަމުގެ މުއާމަލާތްތައް މިދިޔަ ބްރާސްފަތި ދުވަހު ނިމިފައިވާކަން ޓޮމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އޮޕަރޭޝަނަށްދާނެ ޚަރަދާއި ކުޅުންތެރިޔާއާއި 2 އެހީތެރިންނާއި، ތިބުމާއި ކެއުމުގެ ޚަރަދުކުރާނީ އެފްއޭއެމުންނާއި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާއެކުގައި ކަމަށް ޓޮމް ވިދާޅުވިއެވެ.

ޓޮމްގެ އެ ޕޯސްޓަށްފަހު މޮސްޓާ ފަހުން ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެއީ އެއްވެސް ބަޔަކު އަގު ވައްޓާލުމަށް ޖެހި ޕޯސްޓެއް ނޫންކަމަށެވެ. އެގޮތުން ގައުމީ ޓީމްގެ ކުޅުންތެރިއެއް ޤައުމު ތަމްސީލް ކުރަނިކޮށް އަނިޔާވެ 14 ދުވަސް ވާއިރު ފަރުވާއަށް ނުފުރިހުރުމަކީ ލަތުވެތި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މޮސްޓާ ބުނީ މީގެކުރިން ފުރާޅެއްގެ މަތިން ވެއްޓިފައިވަނިކޮށް ވީގޮތެއް ނޭނގި ފެނުނު މީހާއަށް މެލޭޝިއާއަށް ދިއުމަށް ފުލްކޮށް އާސަންދަ އަދި އެންސްޕާ ހަމަޖެހުނުކަމަށެވެ.

އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި މިޔަންމާ އާ ދެކޮޅަށް ކުޅުނު މެޗްގައި ހާއްޕެގެ ފަޔަށް އަނިޔާވީ މެޗްގެ ފުރަތަމަ ހާފް ނިމެން އުޅެނިކޮށެވެ. ލިބުނު އަނިޔާ ސީރިއަސްކަމުން ހާއްޕެ ދަނޑުން ބޭލީ އަށިގަނޑުގެ އެހީގައެވެ. މިއީ ހައްޕެގެ ކެރިއަރުގައި މިފަދަ ސީރިއަސް އަނިޔާއެއް ލިބުނު ދެވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް ހާއްޕެއަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ބައެއް މުހިންމު މުބާރާތްތައް ވަނީ ގެއްލިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.