އީޒެޕް އެޑް ޕޯސްޓަރު
ހަބަރު
07 Oct 2025 | 09:02
އީޒެޕްގެ ޑިޖިޓަލް އެސިސްޓަންޓް ތައާރަފް ކޮށްފި

ރާއްޖޭގެ އެންމެގިނަބަޔަކު ބޭނުންކުރާ އީޒެޕުން އެ އެޕްލިކޭޝަން ބޭނުންކުރާ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "އީޒެޕް ޑިޖިޓަލް އެސިސްޓަންޓް ތައާރަފްކޮށްފިއެވެ.

އީޒެޕް ޑިޖިޓަލް އެސިސްޓަންޓަކީ އެ އެޕްލިކޭޝަނުގެ ހިދުމަތްތަކާ ގުޅޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ ކަންކަން ވީހާވެސް އަވަސްގޮތެއްގައި ދިނުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ. މިބަދަލާ ގުޅޭގޮތުން އީޒެޕްގެ ސީއީއޯ/ ސީއެފްއޯ މިއުވާން ވިދާޅުވީ ކަސްޓަމަރުންނަށާއި، އީޒެޕްގެ ޑްރައިވަރުންގެ އިތުރަށް ވިޔަފާރި ތަކަށް އީޒެޕާ ގުޅޭ މައުލޫމާތުތައް ހޯދުމަށް ފަސޭހަވެގެންދާނޭކަމަށެވެ.

"އީ އީޒެޕަކީ ސްޓާރޓަޕްއަކަށް ވެފައި ޓީމް ކުޑަވުމުގެ ސަބަބުން މިވަގުތު ކަސްޓަމަރުންނާއި، އީޒެޕްގެ ޑްރައިވަރުންގެ ސވާލުތަކަށް ޖަވާބުދިނުމުގައި ލަސްތަކެއް އުޅޭކަން ފާހަގަކުރެވޭ. މިހާރު ތައާރަފްކުރެވުނު އީޒެޕް ޑިޖިޓަލް އެސިސްޓެންޓާއެކު އެންމެ ގިނައިން ކުރާ ސުވާލުތަކަށް އަވަހަށް ޖަވާބުލިބިގެންދާނެ" މިއުވާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަލަށް ތައާރަފްކުރެވުނު ޑިޖިޓަލް އެސިސްޓަންޓާއެކު ޑްރައިވަރުންގެ އެޕްލިކޭޝަން އެޕްރޫވް ކުރުން އަވަސްވުމާއި ކަސްޓަމަރުންނަށް އޯޑަރު ޖަހައި - ޓެކްސީ ވިޔަސް، ކާއެއްޗެއް ވިޔަސް އޯޑަރުކުރެވޭނެގޮތް ވީޑިއޯގެ އެހީގައި ބަލާލެވޭނޭކަމަށެވެ

" ފުރަތަމަ ހަމައެކަނި އީޒެޕް ހޮޓްލައިން ވަޓްސްއަޕް 7560606 ގައި ޓެސްޓް ކުރުމަށް ފަހު އިންސްޓަގްރާމް އަށާއި ފޭސްބުކްފަދަ ކަސްޓަމާ އަދި ޑްރައިވަރުންގެ ޓަޗްޕޮއިންޓް ތަކަށްވެސް އީޒެޕްގެ ޑިގިޓަލް އެސިސްޓެންޓް - ޒެޕާމޭން މެދުވެރިކޮށް އިންޝާالله މި އަންނަ އަހަރު ހިދްމަތް ދެވޭނެ" މިއުވާން ވިދާޅުވިއެވެ.

މިއީ އީޒެޕްގެ ޓީމުން ކުރި މަސައްކަތެއްކަން ފާހަގަކުރަމުން އޭނާ ވަނީ މިހާރު ތައާރަފްކޮށްފައިވާ އީޒެޕްގެ ޑިޖިޓަލް އެސިސްޓަންޓް ކުރިއަށްއޮތް ތަނުގައި އޭއައި އެސިސްޓަންޓަކަށް ބަދަލުކުރާނޭކަން ފާހަގަކޮށްފައެވެ.

އީޒެޕުން ބުނީ ކުރިއަށްއޮތްތަނުގައިވެސް އެ އެޕްލިކޭޝަނުންދޭ ހިދުމަތްތައް ބައްޓަންކުރާނީ، ރާއްޖެގެ ޒުވާނުންނަށާއި ކުދި އަދި މެދުފަންތިގެ ފިޔަވާރިތަކަށް ފުރުސަތުތައް ފަހި ކޮށްދީ އިގްތިސާދު ފުޅާކުރުމަށް ކަމަށެވެ.

ކޮމެންޓް
ކޮތަރޭ
ދެން އަދިވެސް ކިޔާ ދިވެހި ޒުވާނުން ކަންނެތީއޭ
07 Oct 2025
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.