މަޖީދީމަގަށް ވެޅި އަޅާފައި -- ފޮޓޯ: ޖައިލަމް
ހަބަރު
08 Oct 2025 | 16:33
މަޖިދީމަގަށް ދޮންވެލި އަޅާ ސަބަބު އެނގޭތަ؟

މާލެ ސިޓީ މައިމަގު -- މަޖިދީމަގަށް ސިޓީ ކައުންސިލްގެ މުވައްޒިފުން ނިކުމެ ދޮންވެލި އަޅާތާ ދެތީން ރޭ ވެއްޖެ އެވެ.

އެއީ ކީއްކުރަން ކުރާ ކަމެއްތޯއާ އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުމާއި ނުރައްކަލާއި ގުޅޭ ބަހުސެއް ވަނީ ފެށިފަ އެވެ. މާލޭގެ މައި މަގަށް އަދި އެންމެ ކާރޫބާރު ބޮޑު މަގަށް ދޮންވެލި އަޅާ ސަބަބާއި ގުޅޭގޮތުން ނޫސްވެރިޔާ މުޒައްޔިނު މާލެ ސިޓީ ކައުންސިލާއި ސުވާލުކުރުމުން އެ ކައުންސިލުން ދިނީ ކުރު ޖަވާބެކެވެ.

"ރޯޑް ކޮމްޕެކްޓް ކުރަން ވެގެން," ނޫސްވެރިޔާގެ ސުވާލަށް ކައުންސިލުން ޖަވާބު ދިނީ މިގޮތަށެވެ.

ކައުންސިލުން މި ޖަވާބު ދިންއިރު ސިޓީ ކައުންސިލުން މިހާރު ވެލި އަޅަމުންދާ ގޮތުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް / ހާދިސާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅު ކުރަމުންނެވެ. މަގުގައި އަތުރާފައިވާ ގާތަކުގެ މައްޗަށް ގިނަ އަދަދަކަށް ދޮންވެލި އަޅާފައިވާއިރު މިއީ ސައިކަލު ކަހާލައިގެން ވެއްޓި ހިތާމަވެރި ހާދިސާތަކެއް ހިނގާފާނެ ފަދަ ކަމެކެވެ. އަދި މިގޮތަށް ވެލިތައް ގާތަކުގެ ތެރެއަށް ވަދެ ރަނގަޅަށް ހަމަނުޖެހެނީސް ވާރޭވެހިއްޖެނަމަ އެފަދަ ހާދިސާތައް ހިންގުން އިތުރުވެދާނެ އެވެ.

މީގެ ކުރީން ވެސް އެފަދަ ހާދިސާތައް ހިނގާފައިވެ އެވެ. ކޮމްޕެކްޓް ކުރަން ކަމަށް ބުނެ މީގެ ކުރީން މިގޮތަށް ވެލި ނޭޅި ނަމަވެސް މަގުމަތީގައި ވެލި އެޅިފައި ހުރުމުގެ ސަބަބުން މީހުންނަށް ވަރަށް އަނިޔާވެ ގެއްލުންވެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް