ހެރީ ކޭން.. ފޮޓޯ: ގެޓީ އިމޭޖް
ކުޅިވަރު
09 Oct 2025 | 08:13
އިންގްލެންޑް މިރޭ ވޭލްސްއާ ދެކޮޅަށް ނިކުންނައިރު ހެރީ ކޭން އިންނާނީ ކުޅިބަލަން

މިރޭ ވޭލްސް އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗްގައި ކެޕްޓަން ހެރީ ކޭންއަށް ނުކުޅެވޭނޭކަމަށް އިނގިރޭސި ޤައުމީޓީމްގެ ކޯޗް ތޯމަސް ޓުޗެލް ބުނެފިއެވެ.

ކޭންއަށް އަނިޔާވެފައިވަނީ ޖަރުމަން ލީގްގައި އެންމެފަހުން ފްރޭންކްފަރޓްއާ ދެކޮޅަށް ކުޅުނުމެޗްގައި އޭނާގެ ތަނބިކައްޓަށެވެ. ވޭލްސްއާ ކޭންއާ ބެހޭގޮތުން ވާހަކަދައްކަމުން ޓުޗެލް ބުނީ ވޭލްސް އާ ދެކޮޅަށް ނިކުންނަ މެޗަށް ކޭންއަށް ނުކުޅެވުނު ނަމަވެސް ވަރލްޑްކަޕް ކޮލިފައިންގައި ލެޓްވިއާ އާ ދެކޮޅަށް ނިކުންނަ މެޗަށް ކޭން ފިޓްވާނޭކަމަށް އުއްމީދުކުރާ ކަމަށެވެ.

ވަރލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސިޓީމް މިރޭ ވޭލްސްއާ ދެކޮޅަށް ނިކުންނައިރު، އިނގިރޭސި ޓީމްގެ ކެޕްޓަންކަން ކުރާނީ ޖޯޑަން ހެންޑަރސަން، ޖޯން ސްޓޯންސް ނުވަތަ ޑެކްލަން ރައިސް މިއިން ކޮންމެވެސް ކުޅުންތެރިއެކެވެ. އިނގިރޭސިން އެންމެފަހުން ވޭލްސް އާ ދެކޮޅަށް ނިކުމެފައިވަނީ 2022 ވަނަ އަހަރު ވަރލްޑްކަޕްގައެވެ. 

ވަރލްޑްކަޕް ކޮލިފައިނަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސިން ކުޅުމަށް ހަމަޖެހިފައިވާ މިމެޗް ކުޅޭނީ އެޤައުމުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. މިމެޗް ފަށާނީ ރާއްޖެގަޑިން ދަންވަރު 11:45 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.