ވޭލްސް ކޯޗް ބެލަމީ... ފޮޓޯ: ގެޓީ އިމޭޖް
ކުޅިވަރު
09 Oct 2025 | 08:48
ވޭލްސް މިރޭ ވެމްބްލީއަށް ދާނީ މޮޅުވާން، ޗުއްޓީހޭދަކޮށްލައި މަޖާކުރާކަށެއްނޫން: ބެލަމީ

ވޭލްސް ވެމްބްލީއަށް ދާނީ އެތަނުގައި ޗުއްޓީހޭދަކޮށް މަޖާކުރެަން ނޫންކަމަށާއި، މިރޭ އެޓީމްގެ އަމާޒަކީ އިނގިރޭސިން ބަލިކުރުންކަމަށް ކޯޗް ކްރެއިގް ބެލަމީ ބުނެފިއެވެ.

ރަހުމަތްތެރިކަމުގެ މެޗެއްގައި މިރޭ އިނގިރޭސިންނާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ބެލަމީ ބުނީ، ވެމްބްލީ އަކީ ވަރަށް ހާއްސަ ތަނެއް ކަމަށާއި، އެހެންކަމާއެކުވެސް މިރޭގެ މެޗަކީ ވޭލްސްއަށް ވަރަށް މުހިންމު މެޗެއްކަމަށެވެ. އިނގިރޭސިންނާ ދެކޮޅަށް މިރޭ ވޭލްސް ނިކުންނައިރު އެޓީމް އެންމެފަހުން ކެނެޑާއާ އެކު ކުޅުނުމެޗުންވެސް ވަނީ ބަލިވެފައެވެ. އެމެޗް ކެނެޑާ ކާމިޔާބުކުރީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ.

ބެލަމީ ބުނީ އިނގިރޭސިންނާ ދެކޮޅަށް ކުޅެ މޮޅުވުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، އެހެންނަމަވެސް މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް އޭނާގެ ޓީމްގެ ކުޅުންތެރިން ކުޅޭނީ މެޗުން މޮޅުވުމުގެ ރޫހުގައިކަމަށެވެ. ވޭލްސް މިރޭ އިންގްލެންޑާ ދެކޮޅަށް ނިކުންނައިރު އެޓީމަށް ލިބޭނޭ އެންމެބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގެ ސަބަބުން އިނގިރޭސިންގެ އެއްވަނަ ފޯވަޑް ހެރީ ކޭންއަށް ނުކުޅެވުމެވެ.

ވޭލްސްގެ ކޯޗް ބެލަމީ ބުނެފައިވަނީ ކޭންއަކީ އޭނާ މިހާތަނަށް ދުށް އެންމެ މޮޅު ފޯވާޑް ކަމަށާއި، އޭނާ ނެތުމަކީ އިނގިރޭސިންނަށް ލިބުނު ދެރައެއްކަމަށެވެ.

ވަރލްޑްކަޕް ކޮލިފައިން މެޗްތަކަށް ބަލާއިރު ވޭލްސް ހިމެނޭ ގްރޫޕް ޖޭގައި އެޓީމް މިހާރު އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނާގައެވެ. ޕޮއިންޓް ތާވަލަށް ބަލާއިރު ވަރލްޑްކަޕަށް ކޮލިފައިވުމުގެ ފުރުސަތު ވޭލްސްއަށް އަދި އެބައޮތެވެ. ކޮލިފައިންގައި މިރޭ ވޭލްސް އިނގިރޭސިންނާ ދެކޮޅަށް ކުޅޭ މެޗް ފަށާނީ ރާއްޖެގަޑިން ދަންވަރު 11:45 ގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.